މުޙައްމަދު ޝާން
12 July 2018
މަޤްބޫލު ޙަބަރު
ފީފާ ވޯލްޑް ކަޕްގެ ސެމީގައި އިނގިރޭސީންނާއި ފްރާންސް ބައްދަލުކުރި މެޗު -- ގެޓީ ފޮޓޯ

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިނގިރޭސީން ބަލިކޮށް، ކްރޮއޭޝިއާއިން ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕްގައި މިރޭ ކުޅުނު ސެމީގެ މެޗުން ކްރޮއޭޝިއާ މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗު ފެށިތާ ފަސް މިނެޓުތެރޭ އިނގިރޭސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހިލޭ ޖެހުމަކުން އިނގިރޭސީންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިއެރެން ޓްރިޕިއާއެވެ. ކްރޮއޭޝިއާއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް، ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އިނގިރޭސީން ކުރީގައި އޮވެގެންނެވެ.

ކްރޮއޭޝިއާއިން ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސިމޭ ވާސަލްކޯ ނަގައިދިން ހުރަހަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

މެޗުގައި ކްރޮއޭޝިއާއިން ލީޑު ހޯދީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތެރޭގައެވެ. ޕެރިސިޗް ދިން ބޯޅައަކުން ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަންޒޫކިޗްއެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ 8:00ގައި ކުޅޭ ފައިނަލް މެޗުގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©