.
28 November 2018
މަޤްބޫލު ޙަބަރު

އިންޑޮނޭޝިޔާ ބަލިކޮށް “އެފްއޭއެސް” އިންޓަނޭޝަނަލް ވުމަންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ހޯދި ދިވެހި އަންހެން ގައުމީ ފުޓްބޯޅަޓީމު ރާއްޖެ އައުމުން ވަރަށް ހޫނުމަރު ޚަބާއެއް ޓީމަށް ކިޔައިފިއެވެ.

ސަރަހައްދީ ފެންވަރުގައި ކާމިޔާބުކުރި ފުރަތަމަ މެޑަލްއާއިއެކު ރާއްޖޭގެ ގައުމީ އަންހެންޓީމު ރާއްޖެއައުމުން ޓީމަށް މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝިއަލް އެމްޕަވާމެންޓް އަހުމަދު މަހުލޫފް އާއި، އެފްއޭއެމްގެ އިސް ވެރިން އަދި ކުޅުންތެރިންގެ އާއިލާގެ ގިނަ މެމްބަރުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި މުބާރާތުގެ ބްރޯންޒް މެޑަލް ރާއްޖޭގެ ގައުމީޓީމުން ހޯދީން ޕެނަލްޓީ ޖަހައިގެން އިންޑޮނޭޝިއާ ބަލިކޮށްގެންނެވެ.

ޔޫއެފާއިން އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް، ސިންގަޕޯގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ގުޅިގެން ބޭއްވި މު މުބާރާތުގެ ތިންވަނަ ރާއްޖޭގެ ގައުމީ ޓީމަށް ލިބިފައިވާއިރު ސީނިއާ އަންހެން ޓީމުގެ ކޯޗް މުހައްމަދު އާތިފް ބުނީ ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކަކާއި އެކުގައިވެސް އަންހެން ކުޅުންތެރިން ހިތްވަރާއިއެކު ގަދައަޅައި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށާއި މި ކާމިޔާބީއަކީ ރާއްޖޭގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

ގައުމީ ސީނިއާ އަންހެން ޓީމު ދެން އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު ނޭޕާލުގައި އޮންނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައެވެ.

haftha.mv ©