Wed, 3 June, 2020, 6:44 pm
އަހަރުގެ މޮޅުކުޅުންތެރިއާގެ އެވޯޑް ދަނގަޑޭ އާއި ، ފަދުވާއަށް
0

އެފްއޭމް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދޭ ރަންބޫޓު އަނެއްކާވެސް އަލީ އަޝްފާގު (ދަގަނޑޭ) ހޯދައިފިއެވެ.

ފަރުކޮޅުފުށީގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފުލާގައި ޓީސީ އާއި ނިއު ރޭޑިއަންޓަށް އަހަރުގެ ދެ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި، އަލީ އަޝްފާގް ‘ދަގަނޑޭ’ އެއްވަނަ ފޯވާޑް ހޯދިއިރު މި މަގާމާއެކު އޭނާ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދަކަށް ހޯދާފައެވެ.

ދަގަނޑޭ ރަންބޫޓު ހޯދީ މި ސީޒަނުގައި 42 ގޯލް ޖަހައިގެންނެވެ. އެއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބަށް ޖެހި ލަނޑުތަކާއެކުގައެވެ. އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދީ ކުލަބް އީގަލްސް ގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި ވާދަކޮށްގެންނެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރެވެ. މިއަހަރު ބޭއްވި އޮލިމްޕިކް ކޮލިފިކޭޝަންގައި ފަދުވާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއަހަރު އޭނާގެ އެންމެ ހާއްސަ ކާމިޔާބަކީ ސިންގަޕޫރުގައި ބޭއްވި ސިންގަޕޫރު އިންޓަނޭޝަނަލް ކުއަޑަ ރެންގިއުލާ މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ ޓީމަށް ހޯދައިދިނުމުގައި އެހީތެރި ވުމެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗަކީ، ދިވެހި ޕްރިމިއާ ލީގް ޓީސީއަށް ހޯދައިދިން މުހައްމަދު ނިޒާމެވެ. މިއީ މޮޅު ކޯޗުގެ އެވޯޑް އޭނާ ހޯދި ދެ ވަނަ ފަހަރެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ، ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ލިމްބޫ އެވެ. މިދިޔަ އަހަރު ވެސް ޓީސީއަށް ކުޅުނު ލިމްބޫ ވަނީ މިއަހަރުގެ ދިވެހި ލީގްގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދާފަ އެވެ. މި އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ މާޒިޔާގެ ކޯނޭލިއަސް ސްޓްވާޓް ‘ކޯނޭ’ އެވެ.

މިއަހަރުގެ ‘ޖޫލޭ އެވޯޑް’ ހޯދީ، ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު ‘ހަމްޕް’ އެވެ. އެއީ ދިވެހި ޕްރިމިއާ ލީގްގައި ނިލަންދޫ ކޮޅަށް ޖެހި ރީތި ލަނޑުންނެވެ. މިއަހަރުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލައްވާފައި ވަނީ ރާއްޖޭގެ ކުރީގެ ފީފާ ރެފްރީ މައްލާ ޅަހުއްތުއަށެވެ.

އަހަރުގެ އެންމެ އުންމީދީ ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ށ. ފޯކައިދޫ އަށް ކުޅުނު މުހައްމަދު ޖައިލަމް (އޮގީ) އެވެ. މީގެއިތުރުން މި ހަފުލާގައި 2008 އަދި 2018 ވަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިންނަށް ވަނީ ހާއްސަ މެޑަލެއް ދީފައެވެ. މީގެއިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު ފައިސަލްގެ އަގުވަޒަންކޮށްފައިވެއެވެ.