.
03 January 2019
މަޤްބޫލު ޙަބަރު

ޗެލްސީގެ މިޑްފީލްޑަރު ސެސްކް ފެބްރިގާސް، ފްރާންސްގެ މޮނާކޯ އަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ފެބްރިގާސް ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ފެބްރިގާސް ޗެލްސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާނެއެވެ.

ފެބްރިގާސް ގެންނަން އިޓަލީގެ އޭސީ މިލާނުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ކުޅިވަރުޚަބަރުތަށް ގެނެސްދޭ ލެކިއުޕޭ އިން ރިޕޯޓްކޮށްފައިވަނީ އަންނަ ހަފްތާގައި ފެބްރިގާސް މޮނާކޯއަށް ގެންދިއުމުގެ ކަންކަން މުޅިން ނިންމުމަށް މޮނާކޯ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފެބްރިގާސް މޮނާކޯ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާއިރު، އެޓީމުގެ ކޯޗަކަށް މިވަގުތު ހުރި ތިއެރީ އޮންރީއާއި ފެބްރިގާސް އަކީ ގާތްދެއެކުވެރިންނެވެ. އަދި ތިއެރީ އޮންރީ އާސެނަލްއަށް ކުޅުނުއިރު ފެބްރިގާސްވަނީ އާސެނަލްގައި އޮންރީއާއި އެކު ކުޅެފައެވެ.

haftha.mv ©