.
08 January 2019
މަޤްބޫލު ޙަބަރު

ބާސެލޯނާގެ ކޮންމެ ނިންމުމަކަށްވެސް މަރުހަބާކިޔާކަމަށާއި ކުލަބާއި އެކު އިތުރަށް ކުރިޔަށް ދިޔުމާއި މެދު ގޮތެއްނިންމުމަކީ ހަމައެކަނި އޭނާގެ އަތުގައި އޮތްކަމެއްނޫން ކަމުގައި ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްޑާވޭ ބުނެފިއެވެ.

ބާސެލޯނާއާއި އެކު ވަލްޑާވޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު ވަލްވާޑޭ ބުނީ ބާސެލޯނާއާއި އެކު އިތުރަށް ކުރިއަށްދާން އޭނާ ޝައުގުވެރިވާކަމަށާއި، އެހެންނަމަވެސް ކުރިމަގާ މެދު ގޮތެއް ނިންމާނީ މި ސީޒަން ކުރިއަށްދާ ގޮތަށް ބެލުމަށްފަހު ކަމަށެވެ.

” ބާސެލޯނާއާއި އާއެކު އިތުރަށް ކުރިއަށް ދާންބޭނުން. އެހެންނަމަވެސް އެކަމާއި މެދު ގޮތެއްނިންމާނީ މިސީޒަން ކުރިޔަށްދާގޮތުން.” ވަލްޑާވޭ ބުނި.

ކުޅިވަރު ޚަބަރުތަށް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަލްޑާވޭ ކުރިޔަށް އޮތް ސީޒަނަށްވެސް ބާސާގައި ބެހެޓުމާއި ގުޅޭގޮތުން ކްލަބުގެ  މެނޭޖްމަންޓާއި އެކު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފައިވާ ކަމަށާއި، އެހެންނަމަވެސް އެމަޝްވަރާތަށް މިވަގުތަށް މަޑުޖައްސާލާފައިވާކަމަށެވެ.

އުމުރުން 54 އަހަރުގެ ކޯޗު ވަލްޑާވޭ ބާސާގެ ކޯޗުކަމާއި ހަވާލުވީ 2017 ވަނަ އަހަރުއެވެ. އޭނާގެ ކޯޗްކަމުގެ ދަށުން ފުރަތަމަ ސީޒަނުގައި ބާސާއިން ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

ވަލްވާޑޭ

haftha.mv ©