މުޙައްމަދު އީމާން
07 February 2019
މަޤްބޫލު ޙަބަރު

ޗައިނާގެ ކުލަބަކަށް ނަޕޯލީގެ ކެޕްޓަން ސްލޮވާކިއާގެ މިޑްފީލްޑަރު މަރެކް ހަމްސިކް ބަދަލުވުމުގެ އެއްބަސްވުން ސަސްޕެންޑްކޮށްފިއެވެ.

ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، އުމުރުން 31 އަހަރުގެ ހަމްސިކް ބަދަލުވުމާ ގުޅޭގޮތުން ޗައިނާގެ ކުލަބަކާއެކު މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށެވެ.

ނަމަވެސް އެކުލަބްގެ ޓުވިޓާ އެކައުންޓުގައި މިހާރު ބުނެފައިވަނީ ހަމްސިކް އެ ކުލަބަށް ބަދަލުވުމަށް ގުޅޭ ގޮތުން ދެ ފަރާތުން އެއްބަސްވި، ޓްރާންސްފާ ފީއާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުން އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނަޕޯލީ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކަމުގެ ރެކޯޑް އޮތް ހަމްސިކް، 17 މިލިއަން ޑޮލަރުގެ ފީއަކަށް ބަދަލުވާން އުޅެނީ ޗައިނީސް ސުޕަ ލީގުގެ ކުލަބެއް ކަމަށްވާ ޑަލިއަން ޔިފާންގ އަށެވެ.

ނަމަވެސް އެއްވެސް ފަރާތަކުން ހަމްސިކް ބަދަލުވާން އުޅޭ ކުލަބުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދެހާސް ހަތްވަނަ އަހަރު ބްރެސިއާއިން އިޓަލީގެ ނަޕޯލީއާ ގުޅުނު ހަމްސިކް ވަނީ އެޓީމަށް 520 މެޗު ކުޅެދީ 121 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

haftha.mv ©