.
10 February 2019
މަޤްބޫލު ޙަބަރު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ލީޑަޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްފަހު ކުއްލި ކޮންގްރެސްއެއް ބާއްވައިދިނުމަށް އެދިއްޖެ އެވެ.

މިމައްސަލަ ހުށަހެޅީ 19 ކުލަބުގެ ސޮޔާ އެކު ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ފަރާތުންނެވެ.

ވިކްޓްރީގެ ޗެއާމަން، ޑރ. އިބްރާހިމް ނަޝީދު ވިދާޅުވީ އެފްއޭމްގެ ލީޑަރޝިޕްގެ އިތުބާރުނެތްކަމަށާއި، އަދި ކުއްލި ކޮންގްރެސްއެއް ބާއްވައި ދިނުމަށް، އެކުލަބުން ހުށަހަޅާފައިވާ އިރު ޖުމްލަ ހަތަރުކަމެއް އެހުށަހެޅުމުގައި ފާހަގަކޮށްފައިވާނެކަމަށެވެ. އެގޮތުން މި އަހަރުގެ އޭއެފްސީ ކުލަބު މުބާރާތްތަކުން ރާއްޖޭގެ ކުލަބަށް ފުރުސަތު ގެއްލިފައި ވުމާއި ، ކުލަބުތަކުން އިންތިހާބުކޮށްފައިވާ އެފްއޭއެމްގެ އެކްސްކޯއަށް، ކުލަބުތަކަށް ނޭންގި މެންބަރުން ވަކި ކުރުމާއި އައްޔަން ކުރުމާއި ، ބޮޑެތި ނިންމުންތައް ނިންމުމުގައި، އެފްއޭއެމްގެ މެންބަރު ކުލަބުތަކުގެ މަޝްވަރާ ހޯދާފައި ނުވުމުގެ އިތުރުން އެފްއޭއެމްގެ ތެރެއަށް ސިޔާސީ ކަންތައްތައް ވައްދާފައިވުން ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެލީޑަރޝިޕްގެ އިތުބާރު ނެތްކަމަށް ބުނެ ރާއްޖޭގެ ބޮޑެތި ހުރިހާކުލަބުތަކުންވަނީ ގުޅިގެން މަސައްކަތް ފަށާފައެވެ. އެގޮތުން އެމަސައްކަތުގައި އެންމެ  އިސްކޮށް ހަރަކާތްތެރިވަމުން ކުރިންގެންދިޔައީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އަދި އެމަސައްކަތް ފެށިހިސާބުން އެ ކުލަބު، ސަސްޕެންޑް ކުރުމާއި ގުޅިގެން މިހާރު އެމަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކުރަމުންގެންދަނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެފްއޭމްގެ ކޮންގްރެސްގައި ވޯޓް ލެވެނީ 24 ކްލަބަކަށެވެ. އެފްއޭމްގެ ކޮންގްރެސް މިހާރު ތާވަލްކޮށްފައި އޮތީ، އަންނަ މަހުގެ 25 އަށެވެ.

haftha.mv ©