• Sat, 11 July, 2020, 8:34 pm

    ގަސްދުގައި ރީދޫ ކާޑެއް ހޯދާފައިވާތީ ޗެމްޕިއަންސް ލީގުގެ އިތުރު މެޗަކުން ރާމޯސް ސަސްޕެންޑުކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ގަސްދުގައި ރީދޫ ކާޑެއް ހޯދާފައިވާތީ ޗެމްޕިއަންސް ލީގުގެ އިތުރު މެޗަކަށް ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ސަސްޕެންޑު ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.

    ރާމޯސް ސަސްޕެންޑްކުރަން ޔޫއެފާއިން ނިންމާފައިމިވަނީ ފުރަތަމަ ލެގުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެ މެޗުގައި ރީނދޫ ކާޑެއް ހޯދީ ގަސްދުގައި ކަމަށް ދޭހަވާ ގޮތަށް ރާމޯސް ވާހަކަދައްކާފައިވާ މައްސަލައެއް ޔޫއެފާއިން ބެލުމަށް ފަހުގައެވެ. ޔޫއެފާ އިން އިއްޔެ ބުނެފައިވަނީ އެ ރީނދޫ ކާޑު ރާމޯސް ހޯދީ ގަސްދުގައި ކަމަށް ކުރިތަހްގީގުތަކުން ހާމަކަމަށެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ އިތުރު މެޗަކަށް ރާމޯސް ސަސްޕެންޑު ކުރުމަށް ވެސް ނިންމާފައިވާކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

    އިތުރު މެޗަކަށް ރާމޯސް ސަސްޕެންޑް ކުރުމުން ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ރެއާލް ދަތުރުކޮށްފިނަމަ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި އޭނާ އަށް ނުކުޅެވޭނެއެވެ.

    ރާމޯސް ގަސްދުގައި ރީނދޫ ކާޑެއް ހޯދި ކަމަށް ޔޫއެފާ އިން ކަނޑައެޅިއިރު، މުބާރާތުގެ ދެވަނަ ބުރާއި ހަމައިން ސަސްޕެންޝަނެއް ހޯދުމަކީ މުބާރާތުގެ ފަހުކޮޅުގައި ކުޅޭ މުހިއްމު މެޗުތަކުގައި ކުޅުމުގެ ފުރުސަތު ރާމޯސް އަށް ބޮޑުވެގެންދާނެ ކަމެކެވެ. އެގޮތުން ކުއާޓާފައިނަލާ ހިސާބުން މުބާރާތުގައި މީގެކުރިން ދައްކާފައި ހުރި ހުރިހާ ކާޑުތަކެއް ޔޫއެފާ އިން ކެންސަލް ކުރާނެއެވެ.

    ހިޔާލު ފާޅުކުރައްވާ