Thu, 28 May, 2020, 11:39 pm
ސަންޗޭޒް 6 ހަފްތާ އަށް ކުޅުމާ ދުރަށް
0

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާރޑް އެލެކްސިސް ސަންޗޭޒް 6 ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ސަންޗޭޒް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވަނީ އިގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުން ސައުތްހެމްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗްގައި ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

އެ އަނިޔާގެ ސަބަބުން އެ މެޗުގެ ދެވަނަ ހާފްގައި ސަންޗޭޒް ބަދަލުކޮށްފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑުންވަނީ ސައުތްހެމްޓަންގެ މައްޗަށް 2-3 އިން އެމެޗްގައި ކުރިހޯދާފައެވެ.

ސަންޗޭޒަށް ލިބުނު މި އަނިޔާއާ ގުޅިގެން ޔުނައިޓެޑުން ވަކި އެއްޗެއް އަދި ހާމަކޮށްފައިނުވާއިރު، ޗިލީގެ ގައުމީ ޓީމުގެ ޑޮކްޓަރު ޕެޑްރޯ އޮނާޓޭ ބުނީ މި އަނިޔާގެ ސަބަބުން ސަންޗޭޒް 6 ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.

އުމުރުން 30 އަހަރުގެ ސަންޗޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެނަމަ އޭނާ ދެން މި ސީޒަނުގައި ފެނުން އެންމެ ގާތީީ ޔުނައިޓެޑުން ލީގުގައި ކުޅޭ ފަހު ދެ މެޗުގައެވެ.