މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް، ޒައިނުއްދީން ޒިދާން، އެނބުރި ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާ ކަމަށް ބީބީސީން ބުނެފިއެވެ.

ރެއާލްގެ ކުރީގެ މިޑްފިލްޑަރަކަށް ކުޅުނު ޒިދާން އެނބުރި ރެއާލްއަށް އަށް އަންނާނެ ކަމަށް ހަބަރުތައް ބުނާއިރު މި ސީޒަނަކީ އެ ކުލަބަށް އުދަނގޫ ސީޒަނެކެވެ.

އެގޮތުން 12 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި އޮތް ރެއާލްއަށް ލީގު ލިބުމުގެ އުއްމީދު ގެއްލިފައިވާއިރު، ބޮޑު ބައްޔަކާއެކު ލަދުވެތި ގޮތަކަށް ޗެމްޕިއަންސް ލީގުން ވެސް ރެއާލް ވަނީ ކަޓައިގެން ގޮސްފައެވެ.

ޒިދާން އެނބުރި ރެއާލްއަށް އަންނާނީ މީގެ ފަސް މަސް ކުރިން އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ސަންތިއާގޯ ސޮލާރީގެ ބަދަލުގައެވެ.

ޒިދާންގެ އެނބުރި އަންނަ ހަބަރާ ގުޅިގެން އެ ޓީމުގެ ގިނަ ސަޕޯޓަރުން އުފާ ފާޅުކުރަމުންދާއިރު، މިދިޔަ މެއި މަހު ރެއާލް ދޫކޮށް ޒިދާން ދިޔައީ، ޖެހިޖެހިގެން ތިން ފަހަރަށް އެޓީމާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްފަހުއެވެ.

ޒިދާން ކްލަބް ދޫކޮށްލުމަށްފަހު ރެއާލްގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގައިި ހުރި ހުލެން ލޮޕެޓެގީއެވެ. ނަމަވެސް އޭނާ ވެސް ފަސް މަސް ވެސް ނުވަނީސް މަގާމުން ބޭރުކޮށްލިއިރު، ސޮލާރީ މަގާމައަށް އައީ ރިޒާވް ޓީމުގައި ހުރުމަށްފަހުއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©