Fri, 5 June, 2020, 1:24 am
ޔޫރޮޕާ ލީގު ފައިނަލުގަ މިފަހަރު އިނގިރޭސި ދެ ޓީމު
3

ޔޫރޮޕާ ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ބައްދަލުކުރަން ޖެހިއްޖެއެވެ.

އިގިރޭސި ވަރުގަދަ އާސެނަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ޖަރުމަނުގެ ފްރެންކްފާޓްއާ ބައްދަލުކުރި ސެމީގެ ދެވަނަ ލެގުގެ މެޗު ޕެނަލްޓީގައި 3 – 4 އިން ކުރިހޯދައިގެންނެވެ.

2006 ވަނަ އަހަރަށްފަހު ޔޫރަޕްގެ ފައިނަލަކުން އާސެނަލް ފުރަތަމަ ފަހަރަށް ޖާގަ ހޯދި އިރު އާސެނަލް ފައިނަލަށް ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ރޭ ވެލެންސިޔާގެ މައްޗަށް 4-2 ން ކުރިހޯދައި ދެ ލެގުގެ އެގްރިގޭޓުން 7-3 ން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގެކޭ އެއްގޮތަށް ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފައެވެ.

ޗެލްސީ އާއި އާސެނަލް ބައްދަލުކުރާ ފައިނަލް މެޗު މި މަހުގެ 29 ވަނަ ދުވަހުގެރޭ އޮންނަ އިރު އެންމެފަހުން ޔޫރަޕްގެ ފައިނަލަކަށް ޗެލްސީ ދަތުރުކުރީ 2013 ވަނައަހަރު ވެސް ޔޫރޮޕާ ލީގުގެ ފައިނަލަށެވެ.

Leave a comment

Your email address will not be published.