މުޙައްމަދު އިބްރާހިމް
01 June 2019
މަޤްބޫލު ޙަބަރު

އާސެނަލް އަދި ސެވިއްޔާގެ ކުރީގެ ތަރި ހޯޒޭ އެންޓޯނިއޯ ރެޔެސް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ރެޔެސް ކާރު އެކްސިޑެންޓެއްގައި މަރުވިކަން ސެވިއްޔާއިން ވަނީ ޔަގީން ކޮށްދީފައެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ރެޔެސް އޭނާގެ ފްރޮފެޝަނަލް ކެރިއަރު ފެށީ އުމުރުން އެންމެ 16 އަހަރުގައި ސެވިއްޔާއިންނެވެ. އެއީ 2000 ވަނަ އަހަރުއެވެ. އަދި 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ރެޔެސް އާސެނަލްއާ ގުޅުނެވެ.

އަދި އޭނާއަކީ ކުޅުނު އެއްޗެސް މެޗަކުން ބަލިނުވެ، 2005-2004 ވަނަ އަހަރުގެ ޕްރިމިއާ ލީގު އުފުލާލި އާސެނަލް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

އާސެނަލްއަށް ކުޅުމަށްފަހު 2007 ވަނަ އަހަރު ލޯނެއްގެ ދަށުން ރެއަލް މެޑްރިޑަށް އަށް ވެސް ކުޅެފައިވާ ރެޔެސް ވަނީ ރެއާލްއާއެކު ލަގީގާ ވެސް ކާމިޔާބު ކޮށްފައެވެ. އަދި އޭގެފަހުން އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު 2011 ވަނަ އަހަރު ރެޔެސް އެނބުރި ސެވިއްޔާއާ ގުޅުނެވެ.

އެގޮތުން އެތްލެޓިކޯ މެޑްރިޑަށް ޔޫރޮޕާ ލީގު ދެ ފަހަރު އަދި ސެވިއްޔާއިން އެ ލީގު ތިން ފަހަރު ކާމިޔާބުކުރި ޓީމުގައި ރެޔެސް ހިމެނުނެވެ.

ކެރިއަރުގައި 640 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ރެޔެސް އެންމެ ފަހުން ކުލެމުންދިޔައީ ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކުލަބަކަށެވެ. އޭނާ އެ ކުލަބާ ގުޅުނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©