މުޙައްމަދު އީމާން
12 June 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އަށް ސޮއިކޮށްފިއެވެ.

ފައިސަލް ޕީއެންސީއަށް ސޮއިކޮށްފައިވަނީ މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ.

އެ ހަފްލާގައި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންނާއި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެން ފައިސަލްއާ ވަނީ ބައްދަލުކުރައްވައިފައެވެ.

މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ކުރިއަށް އޮތް ސީޒަންގައި ފެނިގެންދާނީ މިއަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދަ ގްރާންޑޭއިންނެވެ.

އޯލް ޔޫތް ލިންކްއޭޖް (އޭވައިއެލް) އިން ކެރިއަރު ފެށި ތަޖުރިބާކާރު ގޯލްކީޕަރު ފައިސަލް ވަނީ ކުލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކުލަބް އަދި ކުލަބް އީގަލްސްގެ ގޯލުވެސް ބަލަހައްޓައިދީފައެވެ. އޭނާ މިދިޔަ ސީޒަންގައި ފެނިގެންދިޔައީ ނިއުރޭޑިއަންޓުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©