މުޙައްމަދު އިބްރާހިމް
14 June 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދައިފި އެވެ. މިއީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކުޑަ ހެންވޭރުން ހޯދި ފުރަތަމަ ފަހަރެވެ.

ކުޑަ ހެންވޭރުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ގަދަ ހިފުމަކުން ވީކޭ ސްޕޯޓްސް ކުލަބް ބަލުކޮށްގެން ނެވެ.

ބައިބަލާ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ވެސް ރޭ ކުޅުނުއިރު، ކުޑަ ހެންވޭރު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގަދަ ހިފުމަކުން ކުލަބް ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހު އެވެ.

ވީކޭ ސްޕޯޓްސް ކުލަބުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީގެ ދެވަނަ މެޗު ކުލަބް ޓީނޭޖާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކޮށްގެން ނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ވިޖުދާން (ވިޖޫ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ޓީމުގެ ކޯޑް ނާއްޓޭއެވެ.

މުބާރާތުގެ މިސްޓާ ބައިބަލާ އަކަށް ހޮވުނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަހުމަދު ފިރާޒު މޫސާ (ހާންޑޫ) އެވެ. އޭނާއަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

މިއަހަރުގެ މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ވީކޭ ސްޕޯޓްސް ކުލަބްގެ ހަމްދު އަލީ އަދި މިފްރާހް ޔާސިރު (މިފޫ) އާއި ކުލަބް ގްރީން ސްޓްރީޓްސްގެ ފަރަހް ޝާމް އަދި މުހައްމަދު މިރުސާމް ޔާސިރު (މިރޫ) އާއި ކުޑަ ހެންވޭރު ޔުނައިޓެޑްގެ ވިޖޫއެވެ.

ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ރަނަރަޕް ޓީމަށް 40،000 ރުފިޔާ ހުށަހެޅިއިރު ފެއަރ ޕްލޭ ޓީމަށް ވަނީ 15،000 ރުފިޔާ ހުށަހަޅައިފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ވީކޭ ސްޕޯޓްސް ކްލަބެވެ.

Leave a Reply

Your email address will not be published.

haftha.mv ©