.
19 June 2019
މަޤްބޫލު ޙަބަރު

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް އާއި ވެނެޒުއެލާ ރޭ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމުންވެސްް ޑިފެންސަށް އިސްކަންދީގެން ކުޅުނު މިމެޗްގައި ބްރެޒިލް އިން ގޯލުޖަހާނެ ރަގަޅު ފުރުސަތުތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ބްރެޒިލް އިން  ދެ ލަނޑު ކާމިޔާކުރިނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލުތައް އެއީ ގޯލްތަކެއްނޫންކަމަށް ނިންމާފައެވެ.

މި މެޗު އެއްވަރުވި ނަމަވެސް މުބާރާތުގެ ކުއާޓާފައިނަލަށް ދިޔުމުގެ ފުރުސަތު ބްރެޒިލް އަށް އަދި އެބައޮތެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ޕެރޫއާ އެއްވަރުކޮށްލައިގެން ވެސް ބްރެޒިލް އަށް ކުއާޓާ އަށް ދެވޭނެއެވެ.

ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތް ބްރެޒިލް އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕެރޫ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވީ ނަމަވެސް ބްރެޒިލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނައިގައި ދެ ޕޮއިންޓާ އެކު ވެނެޒުއެލާ އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޮލީވިޔާއެވެ.

Leave a Reply

Your email address will not be published.

haftha.mv ©