.
20 June 2019
މަޤްބޫލު ޙަބަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު  މެޗު 3 – 1 މާޒިޔާ އިން ކާމިޔާބުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅު ހަސަން ނާއިޒް (ދާދު) މާޒިޔާއަށް ކާމިޔާބުކޮށްދީ މެޗްގެ ލީޑް މާޒިޔާއިން ވަނީ ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އެކެއް ސުމަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެޓީމުންވެސް ބޮޑަށް އެޓޭކަށް އިސްކަންދީގެން ކުޅުނު މިމެޗްގެ ފުރަތަމަ ހާފްގައި ކްލަބް ގްރީން ސްޓްރީޓަށް  ލަނޑެއްޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ގްރީންގެ ކަނާތް ފަޅިން ނަގައިދިން ހުރަސް އަހުމަދު ރަޝީދު ބޮލުން ކުރިއަށް ފޮނުވާލިނަމަވެސް ބޯޅަ ދިއައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މީގެއިތުރުން އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމަކުން އެމެއިރު ފޮނުވާލި ބޯޅަ ޖެހުނީ މާޒިޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފްގައި މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ހަމްޒާ މުހައްމަދެވެ. މިލަނދާއި އެކު ގްރީންއިންވަނީ ތީމް ކުރިޔަށް ޖައްސާ މާޒިޔާގެ ގޯލަށް އިތުރު ހަމަލާތަކެއް ފޮނުވޭތޯ މަސައްކަތް ކޮށްފައެވެ. ނަތީޖާއަކަށްވީ ގްރީން އިން ލަނޑެއްޖަހާ މެޗްގެ ފަރަގު 2 –  އަށް ކުޑަކޮށްދިނުމެވެ. މިލަނޑު ގްރީއަށް ޖަހައިދިނީ ލިބުނުނ ކޯނަރަކުން ޑިފެންޑަރު މުހައްމަދު ސައިފެވެ.

ގްރީންގެ ލަނޑުޖެހިތާ މިނިޓެއްނުވަނީ މާޒިޔާ ވަނީ އަނެއްކާވެސް ގްރީންގެ ގޯލަށް ބޯލަށް ފޮނުވާލައިގެން މެޗްގެނަތީޖާ  3 – 1 އަށް ބަދަލުކޮށްފައެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް މަހުދީ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©