މުހައްމަދު އަފްރާހް
23 June 2019
މަޤްބޫލު ޙަބަރު

މިދިޔަ ސީޒަންގައި ޗެލްސީގެ ކޯޗުކަން ކުރި މައުރީޒިއޯ ސާރީއާއި، އޭނާ އަލަށް ބަދަލުވި ކްލަބު ޔުވެންޓަސްގެ ފޯވަޑް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ބައްދަލުކޮށްފިއެވެ.

ގްރީސްގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ރޮނާލްޑޯއާ ސާރީ ބައްދަލު ކޮށްފައި ވަނީ އޭނާގެ ލަގްޒަރީ ޔޮޓެއްގައެވެ. ޔުވެންޓަސްއާއެކު ކުރިއަށް ދިޔުމަށް ނިންމާ ސާރީ ފުރަތަމަވެސް ރޮނާލްޑޯއާ ބައްދަލުކުރުމުން އެކަމަށް ވަނީ ގިނަ ލޯތަކެއް އަމާޒުވެފައެވެ.

ސާރީ ޔުވެންޓަސްއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފައިވެސް ވަނީ އެޓީމަށް އެތައް އަހަރުތަކެއް މަތިން ހާސިލްވެފައި ނުވާ، ޗެމްޕިއަންސް ލީގު ހޯދުމުގެ އުންމީދުގައެވެ. ސާރީއަށް ޗެމްޕިއަންސް ލީގު ހޯދުމަށް އެންމެ މުހިއްމުވާނެ ކުޅުންތެރިޔަކީވެސް ރޮނާލްޑޯ ކަން ޔަގީނެވެ.

ރޮނާލްޑޯއާ ސާރީއާ ދެމެދު ދެކެވުނު ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް އަދި މީޑިއާއަށް ތިލަވެފައިނުވާ އިރު، ހަބަރުތައް ބުނާ ގޮތުން ބައްދަލުވުމުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ރޮނާލްޑޯ ސީދާ ސެންޓަ ފޯވަޑަކަށް ސާރީ ބޭނުންވާ ކަމުގެ ވާހަކަތައް ކަމަށެވެ. އަދި ސާރީ ބޭނުން ވަނީ ރޮނާލްޑޯއަކީ ސީޒަންގައި 40 ގޯލް ޖަހާ ފޯވަޑެއްގެ ގޮތުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ކުރިން ނަޕޯލީއަށްވެސް ކޯޗުކަން ކޮށްދިން ސާރީ، މިދިޔަ އަހަރު ޗެލްސީއާއެކު ޔޫރޮޕާ ލީގުވެސް ކާމިޔާބުކުރިއެވެ. އޭނާގެ އެންމެ ބޮޑު ސްޓައިލަކީ އެޓޭކިން ފުޓުބޯޅައެވެ.

Leave a Reply

Your email address will not be published.

haftha.mv ©