މުހައްމަދު އަފްރާހް
24 June 2019
މަޤްބޫލު ޙަބަރު

ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާހްގެ ކުރިއެރުމަށް، އޭނާ ބާސެލޯނާއަށް ބަދަލުވާން ޖެހޭ ކަމަށް، ކުރިން ބާސާއަށް ކުޅުނު ލެޖެންޑަރީ ފޯވަޑް ސެމިއުލް އެޓޫ ބުނެފިއެވެ.

2017 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ފަހުން ސަލާހް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. 74 މެޗުން 54 ގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވާ ސަލާހަކީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބު ކޮށްދިނުމުގައިވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެވެ.

ސަލާހް ރެއާލްއަށް ގޮސްދާނެ ކަމަށް ބުނެ މީޑިއާގައި އަޑުތައް ފެތުރިފައިވާ އިރު، ބާސާގައި ފަސް ސީޒަން ކުޅެފައިވާ އެޓޫ ބުނެފައި ވަނީ ރެއާލް އަށްވުރެ ބޮޑަށް ސަލާހާ ގުޅޭނީ ބާސެލޯނާ ކަމަށެވެ.

“ރެއާލްއިން ފަހިކޮށްދޭ ފުރުސަތުތައް ގޯހީކީ ނޫން. އެކަމަކު ބާސާއާ ސަލާހްގެ ކުޅުން މާ ބޮޑަށް ގުޅޭނެ. އެހެންވީމަ ސަލާހްގެ ކުރިއެރުމަށް އޭނާ ބާސާއަށް ބަދަލުވާން ޖެހޭ،” އެޓޫ ބުންޏެވެ.

އެޓޫ ބުނެފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގަކީ ލަލީގާ ކަމަށާއި، އެ ލީގުގައި ކުޅުމަށް ސަލާހް ބާސާއަށް ދާން ޖެހޭ ކަމަށެވެ. އަދި ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެ ކުޅުންތެރިއެއް ކަމަށާއި، ސަލާހް އެ ލެވެލްއަށް ދިޔުމަށް ބާސާ ފަދަ ކްލަބުތަކަށް ދާން ޖެހޭ ކަމަށްވެސް އެޓޫ ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©