މުޙައްމަދު އިބްރާހިމް
04 July 2019
މަޤްބޫލު ޙަބަރު

ޗެލްސީގެ ކޯޗަކަށް އެ ކްލަބުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ހަމަޖައްސައިފި އެވެ.

މި ސީޒަންގައި ޗެލްސީ ކޯޗުގެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ މިދިޔަ މަހު ޔުވެންޓަސްއާ ހަވާލުވި ދުވަހުން ފެށިގެން ވެސް ޗެލްސީގެ ކޯޗުގެ މަގަމަށް ލަމްޕާޑް އަންނާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އުމުރުން 41 އަހަރުގެ ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވެފައި މިވަނީ، އޭނާ ކުރިން ކޯޗުކަން ކުރަމުންދިޔަ މިދިޔަ ސީޒަންގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ކްލަބު ޑާބީ ކައުންޓީއިން ވަކިވުމަށްފަހު އެވެ. ޑާބީ އަކީ ކޯޗިންގައި ލަމްޕާޑުގެ ފުރަތަމަ ތަޖުރިބާ އެވެ.

“ހެޑް ކޯޗެއްގެ ގޮތުގައި އެނބުރި ޗެލްސީއަށް އާދެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. އެންމެންނަށް އެނގޭނެ އަހަރެން މި ކުލަބް ދެކެ ވާ ލޯތްބާއި މި ކުލަބާއެކު އޮތް ތާރީހީ ގުޅުން. ކޮންމެއަކަސް، އަހަރެންގެ މިހާރުގެ މެއިން ފޯކަސްއަކީ ކުރިއަށް އޮތް ސީޒަންއަށް ތައްޔާރުވުން،” ލަމްޕާޑް ބުނެފައިވެ އެވެ.

ޗެލްސީގެ ކޯޗުކަމާ ލަމްޕާޑް ހަވާލުވާއިރު އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާގެ އުސޫލުތަކާ ހިލާފުވެ، ޗެލްސީއަށް ދެ ޓްރާސްފާ ސީޒަންގެ ސަސްޕެންޝަނެއް އައިސްފައިވުމެވެ.

ކުޅުންތެރިއެއްގެ ގޮތުގައި 13 އަހަރު ޗެލްސީގައި ހޭދަކުރި ލަމްޕާޑް ވަނީ ޗެލްސީއާއެކު 648 މެޗު ކުޅެ، 11 ތަށި ހޯދައިދީފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©