.
13 July 2019
މަޤްބޫލު ޙަބަރު

ތްލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިން ފޯވަޑް ބާސެލޯނާ އަށް ބަދަލުވިކަން ދެ ކުލަބުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މި ކަން ނިމުނީ އެތްލެޓިކޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ގަތުމަށް ބޭނުންވާ ފައިސާ ކަމަށްވާ 120 މިލިއަން ޕައުންޑް ސްޕެނިޝް ލީގަށް ބާސެލޯނާގެ ފަރާތުން ދެއްކުމުންނެވެ.

ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއިން ގްރިއެޒްމަނަށް ދޭނީ ހަތް ނަންބަރު ޖާޒީ އެވެ. މި ނަންބަރު މިހާރު ބޭނުންކުރަމުންދަނީ ބްރެޒިލްގެ މިޑްފީލްޑަރު އަދި ބާސެލޯނާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފިލިޕޭ ކުޓީނިއޯ އެވެ. އޭނާ ވިއްކާލުމުގެ ވިސްނުން ބާސެލޯނާއިން ގެންގުޅެން ފެށީ އެކަށީގެންވާ ވަރަށް ނުކުޅެވޭތީ އެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުޏާގޮތުން ގްރިއެޒްމަން ބާސެލޯނާ އަށް ސޮއިކުރާނީ ފަސް އަހަރަށެވެ. އޭނާގެ ފުރަތަމަ ދެ އަހަރު މުސާރައިގެ ގޮތުގައި 18 މިލިއަން ޔޫރޯ ލިބޭނެ އެވެ. ތިން ވަނަ އަހަރު އަހަރު 21 މިލިއަން ޔޫރޯ އަދި ހަތަރު ވަނަ އަހަރު 23 މިލިއަން ޔޫރޯ އަދި ފަސް ވަނަ އަހަރު 25 މިލިއަން ޔޫރޯ ލިބޭނެ އެވެ.

ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ގްރިއެޒްމަން ދައްކާލުން އޮންނާނީ މާދަމާނޫން އަނެއް ދުވަހު އެވެ. ނަމަވެސް ފަހަރުގައި ސަޕޯޓަރުން މި ރަސްމިއްޔާތަށް ނުދެއްވުން އެކަށީގެންވެ އެވެ. އެއީ މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވާން ނިންމުމަށްފަހު ފަހު ވަގުތު އެކުލަބަށް ނޫނެކޭ ބުނެފައިވާތީވެ ބައެއް ސަޕޯޓަރުން އޭނާއާ މެދު ހިތްހަމަނުޖެހިފައި ތިބުމުންނެވެ.

2014 ވަނަ އަހަރު އެތްކެޓިކޯއާ ގުޅުނު ފޯވަޑް ވަނީ އެކުލަބަށް 133 ގޯލު ޖަހާދީފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©