މުޙައްމަދު އިބްރާހިމް
19 July 2019
މަޤްބޫލު ޙަބަރު

ސަަރަހައްދީ ބޮޑީބިލްޑިންގ މުބާރާތަކުން އަނެއްކާ ވެސް ރާއްޖެއަށް ރަން މެޑައްޔެއް ލިބިއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ ސައުތުއޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އެ މުބާރާތުގެ 55 ކިލޯގެ ކެޓަގަރީގައި ވާދަކުރި މުހައްމަދު މޫސާ އެވެ.

އޭނާ ރަން މެޑަލް ހޯދީ އިންޑިއާ އާއި އަފްޣާނިސްތާންގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު އެވެ. އޭނާ ހޯދި އެ ކާމިޔާބިއާއެކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މުހައްމަދު މޫސާއަށް މަރުހަބާ ދަންނަވައިފަ އެވެ.

މުޙައްމަދު މޫސާގެ އިތުރުން އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ 19 އަހަރުގެ ބޮޑީ ބިލްޑަރ އަހުމަދު މާހިލް ސައީދު ވަނީ ސީނިއަރ ކެޓަގަރީއެއްގައި ވާދަކޮށް 4 ވަނަ ހޯދައިފަ އެވެ.

އޭނާ 4 ވަނަ ހޯދީ 65 ކިލޯ ކެޓަގަރީންނެވެ. މިއާއެކު މާދަމާ ޖޫނިއަރ ކެޓަގަރީން އޭނާ މެޑަލް ހޯދާނެ ކަމަށް ކުރެވޭ އުއްމީދު ވަނީ ބޮޑުވެފަ އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ހަތް އެތްލީޓުން ވާދަކުރެ އެވެ.

މިއަހަރުގެ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިއާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީ ލަންކާ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©