Sat, 18 January, 2020, 1:04 am
އޯއައިޖީ : ބާރު ދުވުންތެރިޔާ ސާއިދު 100 މ ދުވުމުން ފައިނަލަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރުކޮށްފި އެވެ.

ސާއިދު ފައިނަލަށް ދަތުރުކުރީ އޭނާ މިއަދު ދުވި ހީޓުގެ ދެވަނަ ހޯދައިގެންނެވެ.

2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ހަމައެކަނި ރަން މެޑަލް ހޯދައިދިން  ސާއިދު ފައިނަލްގައި މިއަދު  ދުވާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:55 ގައެވެ.

މިފަހަރުގެ ގޭމްސްގެ ފައިނަލަށް ސާއިދު ދަތުރުކުރިއިރު، އަންހެން 100 މީޓަރު ދުވުމުގައި ރާއްޖެއިން ވާދަކުރި ދެ އެތުލީޓުން ވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.

Leave a comment

Your email address will not be published.