.
24 July 2019
މަޤްބޫލު ޙަބަރު

ކެޕްޓަން ލަޔޮނަލް މެސީ ޓީމުގައި ބަހައްޓަން މުސާރަ ބޮޑުކުރުމުން އެކަނި ނުފުދޭ ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ކުލަބުގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު މިހެން ބުނީ މެސީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފަށަން ތައްޔާރުވުމަށްފަހު އެވެ.

ބާސެލޯނާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މިހާރު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާގެ އުމުރުން 36 އަހަރު ވަންދެން އޭނާ ބާސެލޯނާގައި ބަހައްޓަން ބާސެލޯނާއިން ބޭނުންވެ އެވެ.

ބާޓޮމެއު ބުނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ވެސް ކެޕްޓަން މެސީ ކުލަބުގައި ބެހެއްޓޭނީ ވަރުގަދަ ސްކޮޑެއް ވެސް އޮވެގެން ކަމަށެވެ. އަދި ބާސެލޯނާއިން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަމަކީ ސްކޮޑް ވަރުގަދަ ކުރަން ކަމަށެވެ.

މެސީގެ ކޮންޓްރެކްޓް އާކުރާއިރު އޭނާގެ މުސާރަބޮޑުކުރުމުގެ އިރުރަށް އޭނާ ވިއްކާ އަގަށް ވެސް ބަދަލު ގެންނާނެ އެވެ. މިހާރު އޭނާ ވިއްކަން ހަމަޖައްސާފައިވާ އަގަކީ 700 މިލިއަން ޕައުންޑެވެ.

ބާސެލޯނާ އާއި މެސީގެ ބައްޕް ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފަށާއިރު މީގެ ކުރިން ނުވަ ފަހަރެއްގެ މަތީން ބާސެލޯނާ ވަނީ މެސީއާއެކު ކޮންޓްރެކްޓް ހަދައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©