ނަސްވާ ހަސަން
27 July 2019
މަޤްބޫލު ޙަބަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މޮރިޝަސްގެ އިންޓަ ކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ފާސްކޮށްފަ އެވެ.

އެގޮތުން މި ރޭހުގައި ރާއްޖެ ކާމިޔާބު ކޮށްފައި މިވަނީ މަޑަގަސްކަރަ އަދި ކޮމޮރޯސް ވާދަކޮށްފަ އެވެ. އަދި ރާއްޖެއަށް 4 ވޯޓު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް، މި ކޮންމެ ގައުމަކަށް ލިބުނީ އެންމެ ވޯޓެކެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، މިއީ ކުޅިވަރުގެ މައުދާނުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެއަށް ލިބިގެން ދިޔައީ ރައީސް ސޯލިހު މިކަމަށް ދެއްވި އަހައްމިއްޔަތުގެ ސަބަބުން ކަމަށް ފާހަގަކޮށް އެމަނިކުފާނަށް ޝުކުރުއަދާކުރެއްވި އެވެ.

އައިއޯއައިޖީ އަކީ އިންޑިވިޖިއުލް ކުޅިވަރަކުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ގެނެސްދިން މުބާރާތް ކަމަށްވާއިރު ރާއްޖޭގައި ފުރަތަމަ ފަރަހަށް މި މުބާރާތް ބޭއްވިގެން ދިޔުމާއިއެކު ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ތަރައްގީވެ ކުރިއަރައިގެންދާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©