ނަސްވާ ހަސަން
28 July 2019
މަޤްބޫލު ޙަބަރު

ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މިހާރު މޮރިޝަންގައި ކުރިއަށްދާއިރު، ރާއްޖޭގެ ކުޅުންތެރިން 15 މެޑަލް ހާސިލުކޮށް މުޅި ދިވެހިރާއްޖެ ފަޙުރުވެރިކޮށްދިނުމަށްފަހު މާދަމާ އެބުރި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މިފަހަރުގެ އަމާޒެއްކަމުގައި ކަނޑައަޅާފައި ވަނީ 15 މެޑަލެވެ. މީގެ ކުރިން 2015 ވަނަ އަހަރު ރާއްޖޭން 10 މެޑެއްޔަށް ޓާގެޓްކޮށް ހޯދުނީ ނުވަ މެޑެއްޔެވެ.

އައިއޯއައިޖީގައި ރާއްޖެއިން ހޯދި މެޑަލްތައް:

1. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް (ރަން) – ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ، މުއީނާ މުހައްމަދު، ޖުމާނާ ނިމާލް

2. ބީޗް ވޮލީ ޓީމް އިވެންޓް (ރިހި)

3. ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓު (ލޯ)

4. ބެޑްމިންޓަނުގެ ފިރިހެން ޓީމު އިވެންޓު (ލޯ)

5. ޓޭބަލް ޓެނިސް ވިމެންސް ޑަބަލްސް (ރިހި) – ހޯދީ: މުއީނާ މުހައްމަދު، ޖުމާނާ ނިމާލް

6. ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް (ރަން) – ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ

7. އެތުލެޓިކްސް ފިރިހެނުންގެ 200 މީޓަރު ދުވުން (ލޯ) – ހޯދީ: ހަސަން ސާއިދު

8. ޕެރެ 100 މީޓަރު ދުވުން (ލޯ) – ހޯދީ: މުހައްމަދު މާޒިން

9. ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން (ލޯ) – ހޯދީ: ހަސަން ސާއިދު، އިބްރާހިމް އަޝްފާން އަލީ (އައްޕި)، ސަރީސް އަހުމަދު، ނުޖޫމް ހަސަން

10. ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް (ރިހި) – ހޯދީ: އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ

11. ބެޑްމިންޓަނުގެ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: އައިމިނަތު ނަބީހާ

12: ބެޑްމިންޓަން މިކްސް ޑަބަލްސް (ލޯ) – ހޯދީ: މުހައްމަދު އަޖުފާން ރަޝީދު، މައިސާ ފަތުހުﷲ

13: ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް (ލޯ) – ހޯދީ: ޝިއުނާޒް އަބްދުލްވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)

14: ޓީޓީ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: ދީމާ އަލީ

15: ޓީޓީ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: އައިޝަތު ރަފާ

ކޮންމެ ހަތަރު އަހަރަކުން ބާއްވަމުން އަންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2023 ވަނަ އަހަރު ބޭއްވުމަށް ނިންމައިފަ ވަނީ ދިވެހިރާއްޖޭގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©