ނަސްވާ ހަސަން
28 July 2019
މަޤްބޫލު ޙަބަރު

މޮރިޝަންގައި ކުރިއަންދިޔަ ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ ރާއްޖެއަށް ފަހުރުވެރި ވަނަތަކެއް ގެނެސްދިން ކުޅުންތެރިން މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ކުޅުންތެރިންނަށް މަރުހަބާކިޔުމަށް ވީހާ ވެސް ގިނަ ރައްޔިތުން މާދަމާ ހަވީރު ހަތަރަކަށް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމަށް ކުޅުވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފި އެވެ.

އޭގެ އިތުރުން މަރުހަބާ ކިޔުމަށް ވަޑާގަންނަވާ ހުރިހާ އެންމެން ވެސް ރަތާއި ފެހު އަދި ހުދުކުލައިގެ ހެދުމެއްގައި ވަޑައިގަތުމަކީ ވެސް ވަރަށް ބޮޑަށް އެދުމެއްކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅުންތެރިން ވަނީ އަމާޒެއް ގޮތުގައި ކަނޑައަޅެޅި އަދަދަށް މެޑަލް ހާސިލް ކޮސްފައެވެ. އެގޮތުން އަމާޒަށް ވާސިލްވެ 15 މެޑަލް ހާސިލުކޮށް މުޅި ދިވެހިރާއްޖެ ވަނީ ފަޙުރުވެރިކޮށްދީފަ އެވެ.

އައިއޯއައިޖީގައި ރާއްޖެއިން ހޯދި މެޑަލްތައް:

1. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް (ރަން) – ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ، މުއީނާ މުހައްމަދު، ޖުމާނާ ނިމާލް

2. ބީޗް ވޮލީ ޓީމް އިވެންޓް (ރިހި)

3. ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓު (ލޯ)

4. ބެޑްމިންޓަނުގެ ފިރިހެން ޓީމު އިވެންޓު (ލޯ)

5. ޓޭބަލް ޓެނިސް ވިމެންސް ޑަބަލްސް (ރިހި) – ހޯދީ: މުއީނާ މުހައްމަދު، ޖުމާނާ ނިމާލް

6. ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް (ރަން) – ހޯދީ: އައިޝަތު ރަފާ ނާޒިމް، ދީމާ އަލީ

7. އެތުލެޓިކްސް ފިރިހެނުންގެ 200 މީޓަރު ދުވުން (ލޯ) – ހޯދީ: ހަސަން ސާއިދު

8. ޕެރެ 100 މީޓަރު ދުވުން (ލޯ) – ހޯދީ: މުހައްމަދު މާޒިން

9. ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން (ލޯ) – ހޯދީ: ހަސަން ސާއިދު، އިބްރާހިމް އަޝްފާން އަލީ (އައްޕި)، ސަރީސް އަހުމަދު، ނުޖޫމް ހަސަން

10. ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް (ރިހި) – ހޯދީ: އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ

11. ބެޑްމިންޓަނުގެ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: އައިމިނަތު ނަބީހާ

12: ބެޑްމިންޓަން މިކްސް ޑަބަލްސް (ލޯ) – ހޯދީ: މުހައްމަދު އަޖުފާން ރަޝީދު، މައިސާ ފަތުހުﷲ

13: ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް (ލޯ) – ހޯދީ: ޝިއުނާޒް އަބްދުލްވާހިދު (މަންކޭ)، އާދަމް ނަސީމް (އެޑަމް)

14: ޓީޓީ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: ދީމާ އަލީ

15: ޓީޓީ ވިމެންސް ސިންގަލްސް (ރަން) – ހޯދީ: އައިޝަތު ރަފާ

ކޮންމެ ހަތަރު އަހަރަކުން ބާއްވަމުން އަންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2023 ވަނަ އަހަރު ބޭއްވުމަށް ނިންމައިފަ ވަނީ ދިވެހިރާއްޖޭގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©