Sat, 6 June, 2020, 3:47 pm
ނިއުކާސަލް އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ޕްރެޝަރަށް
2

ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑް ޕްރެޝަރަށް ވެއްޓިއްޖެއެވެ.

އިގިރޭސި ޕްރިމިއަރ ލީގުގެ ރޭ ކުޅުނު މިމެޗްގައި ފުރަތަމަ ހާފްގައި ނިއުކާސަލް އިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ނިއުކާސްލް އިން ނުރައްކާކުރަމުންދިޔުމެވެ.

އެގޮތުން ފުރަތަމަ ހާފް ގައި ޔުނައިޓެޑްގެ ފަބިއަން ޝާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު، މެޓީ ލޯންގްސްޓާފް ފޮނުވާލި ހަމަލާ އަމާޒުވީ ޔުނައިޓެޑްގެ ގޯލުގެ ދަނޑި އަށެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 72 ވަނަ މިނެޓްގައި އުމުރުން 19 އަހަރުގެ މެޓީ ލޯންގްސްޓާފް ވަނީ ނިއުކާސަލް އަށް މެޗުގެ ލީޑު ނަގައިދީ އެޓީމަށް ހިތްހަމަޖެހުން ހޯދާދީފައެވެ.

ޔުނައިޓެޑްގެ ފަރާތުން މުޅިމެޗްގައިވެސް ވަރަށް އާދައިގެ ކުޅުމެއް ކުޅުމެއް ފެނިގެންދިޔައިރު ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކުރަން ލިބުނީ އެންމެ ފުރުސަތެކެވެ. ނަމަވެސް އެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ރޭގެ މެޗުން ޔުނައިޓެޑް ބަލިވިިިރު މިއީ ރަށުން ބޭރުގައި ކުޅެ ލީގުގައި އެޓީމަށް މޮޅެއް ނުހޯދި ނިންމާލަން ޖެހުނު 8 ވަނަ މެޗެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އެއްވަނައިގައި އޮތް ލިވަޕޫލްއާއެވެ.

Leave a comment

Your email address will not be published.