Fri, 5 June, 2020, 10:38 am
މިލާން ކުރިކެޓް އެކަޑަމީން 2020ގައި ބާއްވާ ކުރިކެޓް މުބާރާތުގެ ލޯގޯ އިފްތިތާހް ކޮށްފި
2

މިލާން ކުރިކެޓް އެކަޑަމީން 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރިކެޓް މުބާރާތުގެ ލޯގޯ އިފްޠިތާޙް ކޮށްފިއެވެ.

ލޯގޯ އިފްތިތާހް ކޮށްފައިވަނީ ރޭ ދަރުބާރުގޭގައިބޭއްވި މިލާން ކްރިކެޓް އެވޯޑް ނައިޓް” ޙަފުލާ ގައެވެ. ލޯގޯ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރޭ ގެ މި ޙަފުލާގައި، 2018 ވަނަ އަހަރުގެ އެންމެމޮޅު 3 ކްރިކެޓަރުންނަށް، މިލާން އެކަޑަމީން ދޭ އެވޯޑްވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ.މި އެވޯޑްވެސް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިލާން ކުރިކެޓް އެކަޑަމީއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ އެކަޑަމީއެކެވެ. މިރޭ ބޭއްވި ޙަފުލާއަކީ އެ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަފުލާއެކެވެ. މިލާން އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިން ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ކުރިކެޓް މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ކުރިކެޓްގައި މުހިންމު ކާމިޔާބީތަކެއް ހޯދައިދީފައިވެއެވެ.

Leave a comment

Your email address will not be published.