.
26 October 2019
މަޤްބޫލު ޙަބަރު

2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބު ވޯލްޑް ކަޕް ޗައިނާގަ ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފިއެވެ.

މީގެ ކުރިން ފީފާ ކޮންފަޑަރޭޝަންސް ކަޕްގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަމުން އައި މި މުބާރާތް ކްލަބު ވޯލްޑް ކަޕް ފުޓްބޯޅަމުބާރާތުގެ ނަމަށް ބަދަލުކޮށް އާފޯމެޓަށް ބާއްވާ މިއީ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ޗައިނާގަ ބާއްވާން ނިންމާފައިމިވަނީ ދާދި ފަހުން އޮތް ފީފާ ކައުންސިލް ބައްދަލުވުމުގައެވެ.

ކްލަބު ވޯލްޑް ކަޕްގެ ފޯމެޓަށް އަލަށް ގެނައި މިބަދަލާއެކު، މި މުބާރާތް ދެން ބާއްވާނީ 24 ޓީމާއިއެކު ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުއެވެ.

އާ ފޯމެޓަށް ބާއްވާ ކްލަބު ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 2021 ވަނަ އަހަރު ޗައިނާގައި އޮންނާނީ ޖޫން 17 އިން ޖުލައި 4 ވަނަ ދުވަހުގެ ނިޔަލަށެވެ. 2021 ވަނަ އަހަރު އައު ފޯމެޓަށް ކްލަބު ވޯލްޑް ކަޕް ބާއްވަން މަސައްކަތްކުރި ނަމަވެސް، ކުރީގެ ފޯމެޓަށް މިއަހަރުގެ މުބާރާތާއި އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށްވެސް ފީފާއިން ވަނީ ނިންމާފައެވެ. މިއަހަރުގެ މުބާރާތް އޮންނާނީ ޑިސެމްބަރު މަހު ގަތަރުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©