Fri, 28 February, 2020, 4:05 am
ފެނަކަ ޒޯން ފުޓްސަލް މުބާރާތް: ދެކުނުގެ ޗެމްޕިއަން ކަން މަރަފޫފޭދޫ ހޯދައިފި

ފެނަކަ ކުންފުނީގެ ރިކްރިއޭޝަން ކުލަބުން އިންތިޒާމު ކޮށްގެން އެ ކުންފުނީގެ ބުރާންޗުތައް ހިމެނޭ ހުރިހާ އަތޮޅެއްގައި ބާއްވާ މުބާރާތުގެ އައްޑޫ އަދި ފުވައްމުލައް ހިމެނޭ ޒޯނުގެ ޗެމްޕިއަންކަން މަރަދޫފޭދޫ ހޯދައިފިއެވެ.

އިއްޔެ ފެށި އައްޑޫ އަދި ފުވައްމުލަކު ހިމެނޭ ޒޯންގެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ވާދަކުރާ ކަމަށެވެ. އެއީ ފުވައްމުލަކު، ހިތަދޫ އަދި މަރަދޫފޭދޫން ދެ ޓީމާއި ހުޅުމީދޫ އިން އެއް ޓީމެވެ.

އެގޮތުން ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ގުރައުންޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގައި މަރަދޫފޭދޫ ޗެމްޕިއަންކަން ހޯދީ 2-0 ގެ ނަތީޖާއަކުން ހުޅުމީދޫ ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަރަދޫފޭދޫ ޓީމަށް ތައްޓާއި މެޑަލްގެ އިތުރުން 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު، ރަނަރަޕް ކަން ހޯދި ހުޅުމީދޫއަށް ވަނީ މެޑަލް އާއެކު 3000 ރުފިޔާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ފެއާ ޕުލޭ ޓީމަކަށް ހޮވުނީ ފުވައްމުލަކު ޓީމެވެ. އެ ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި މެޗު ޝަރަފްވެރި ކޮށްދެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.

މި މުބާރާތުގައި އެންމެ މޮޅު ހަތަރު ކުޅުންތެރިންނާއި އެންމެ މޮޅު ކުޅުންތެރިޔާ އަދި ޓޮޕް ސްކޯރާ ވެސް ވަނީ ހޮވައިފައެވެ.

އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ މަރަދޫފޭދޫ ޓީމުގެ އިބްރާހިމް ނިޒާރެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ހިތަދޫ ޓީމުގެ އިބްރާހިމް ސާމީ، މަރަދޫފޭދޫ ޓީމުގެ އަބްދުﷲ ރިޒްމީން އަދި ހުޅުމީދޫ ޓީމުގެ ނީޒާދު އަބްދުﷲ އަދި ހަސަން ދީދީއެވެ.

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާއްސަ އިސްކަމެއް ދެއްވައިގެން ބާއްވާ މި މުބާރާތަކީ މިހާތަނަށް ސަރުކާރުގެ ކުންފުންޏަކުން މިފަދަ ގޮތަކަށް އިންތިޒާމު ކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ.

ފެނަކަ އިން ބުނީ، ދެން މުބާރާތް އޮންނާނީ ފ. އަދި ދ. އަތޮޅު ޒޯންގައެވެ.

Leave a comment

Your email address will not be published.