Sat, 18 January, 2020, 2:05 pm
އޭއެސްސީގެ އެކްސްކޯގެ ދެވަނަ ދައުރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ޒާހިރު

އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަން (އޭއެސްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމަށް ރާއްޖޭގެ ޝޫޓިން އެސޯސިއޭޝަންގެ ރައީސް އަދި މޭޖާ ޖެނެރަލް ރިޓަޔާޑް މުހައްމަދު ޒާހިރު އިންތިހާބު ވެއްޖެއެވެ.

މިއީ އެ ބޯޑަށް މުހައްމަދު ޒާހިރު އިންތިހާބުވި ދެވަނަ ފަހަރެވެ.

އޭއެސްސީގެ އެގްޒެކެޓިވް ބޯޑުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ޝައިހް ސަބާހް އަލް އަހްމަދު އޮލިމްޕިކް ޝޫޓިން ކޮމްޕުލެކްސްގައި ބޭއްވި އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގައި އެގްޒެކެޓިވް ބޯޑުގެ ހުރިހާ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރިއެވެ.

އެގޮތުން ކުރިއަށް އޮތް ހަތަރު އަހަރަށް އޭއެސްސީގެ ރައީސްގެ މަގާމަށް ހޮވުނީ ކުވޭތުގެ އަމީރު ޝައިހް ސަލްމާން އަލް ސަބާހެވެ. އޭނާއަކީ މިދިޔަ ދައުރުގައި ވެސް އޭއެސްސީގެ ރައީސެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވުނީ ކުވޭތުގެ ޝޫޓިން ސްޕޯޓްސް ފެޑެރޭޝަންގެ ރައީސް ޝައިހް އަލް ދުއެއިޖް އަލް އުތައިބީއެވެ.

މީގެ އިތުރުން އޭއެސްސީގެ ނައިބް ރައީސުންގެ ގޮތުގައި ފަސް ބޭފުޅަކު އިންތިހާބުކުރިއިރު، އެކްްސޯގެ މެމްބަރުންގެ ގޮތުގައި މޭޖާ ޖެނެރަލް ރިޓަޔާޑް ޒާހިރާއެކު އަށް މެމްބަރުން އިންތިހާބުކުރިއެވެ.

ފެޑެރޭޝަނަށް މެމްބަރުން އިންތިހާބު ކުރުމުގެ އިތުރުން ޖެނެރަލް އެސެމްބްލީގައި 2023 ވަނަ އަހަރު އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕް ދެކުނު ކޮރެއާގައި ބާއްވަން ވަނީ ނިންމައިފައެވެ. އެގޮތުން ކޮރެއާގައި ބޭއްވުމަށް 40 ގައުމަކުން ވޯޓު ދިންއިރު، އެގައުމާ ވާދަކުރި ޗައިނާއަށް ލިބުނީ 33 ވޯޓެވެ.

Leave a comment

Your email address will not be published.