.
24 November 2019

މަޤްބޫލު ޙަބަރު

44 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ ޖަމާލުއްދީނު ސްކޫލުގައި މި މުބާރާތުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޖޫނިއަރ ގުރޫޕާއި ސީނިއަރ ގުރޫޕާއި މާސްޓާސް ގުރޫޕު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފެތުމުގެ ބައި އަދި ޓީމުތަކުގެ ގުރޫޕުން އެކި ވަނަތައް ހާޞިލުކުރި ފަރާތްތަކަށް މެޑެލް ހަވާކުރުން އޮތެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކި ގްރޫޕްތަކުން އެއް ވަނަ ހޯދި ޓީމުތަކާއި ފެތުންތެރިންނަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި މުބާރާތުގެ އެކި ކެޓަގަރީތަކުގައި ޖުމްލަ 172 ފެތުންތެރިން ވާދަކޮށްފައިވެއެވެ.
