Wed, 29 January, 2020, 3:20 am
ކުލަބް މޯލްޑިވްސް ކަޕް އަންނަ އޭޕްރީލްމަހު ފަށަނީ

ރާއްޖޭގައި ބާއްވާ އެންމެފޯރިގަދަ ފުޓްސަލްމުބާރާތް “ކުލަބްމޯލްޑިވްސްކަޕް” އަން އޭޕްރީމްމަހުފަށަން ތައްޔާރުވެއްޖެއެވެ.

މިދިޔައަހަރަކޭ އެއްގޮތަށް ހުޅުމާލޭ ފުޓްސަލް ދަނޑުގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލްމަހުގެ ހަތްވަނަ ދުވަހުގެ ރޭގައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކަރުގެ އޮފީސްތަކުން ވާދަކުރާ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނަކީ ބޭންކްއޮފް މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު ބައިވެރިވި މިދިޔައަހަރުގެ ފައިނަލު މެޗުން ވެމްކޯގެ މައްޗަށް ބީއެމްއެލްއިން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެއީ ބީއެމްއެލް އިން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ ޓީމުން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލީ އެމްއާރުޑީސީ ބަލިކުރުމަށްފަހު އެވެ.

Leave a comment

Your email address will not be published.