Fri, 28 February, 2020, 4:45 pm
އޭއެފްސީ ކަޕްގެ ޕްރިލިމަނަރީ ބުރުގައި މާޒިޔާ އާއި ޑާކާގެ އަބަހާނީ ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ: މައި ސްޕޯޓްސް
ލަނޑުގެ ތަފާތުން ކުރި ހޯދައި މާޒިޔާ ޕްލޭ އޮފަށް

ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާއެކު ކުޅުނު މެޗު 0-0އިން އެއްވަރުވެ ރާއްޖޭގެ މާޒިޔާ އޭއެފްސީ ކަޕުގެ ޕްލޭއޯފުން ޖާގަ ހޯދައިފި އެވެ.

މާޒިޔާ ޕްލޭއޯފަށް ދިޔައީ ދެ މެޗުގެ އެގްރިގޭޓުން ކުރި ލިބުމުންނެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ޑާކާގައި މި ދެ ޓީމު ކުޅުނު މެޗު 2-2އިން އެއްވަރުވެފައިވާތީވެ މާޒިޔާ ދެ ވަނަ ބުރަށް ކޮލިފައިވީ އަވޭގޯލުގެ ތަފާތުންނެވެ.

ނަމަވެސް ޕްލޭއޯފާ ކުރިމަތިލާއިރު މާޒިޔާގެ ބައެއް ކުޅުންތެރިންނަށް ސަސްޕެންޝަނެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެފައިވާތީ އެވެ. މި ހަމަނުޖެހުމަށްފަހު މާޒިޔާގެ އެސިސްޓެންޓް ކޯޗު ބެންޗުން ވެސް ފޮނުވާލި އެވެ.

ޕްލޭއޯފްގައި މާޒިޔާ ކުޅެން ޖެހޭނީ އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޕަރޯ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

އޭއެފްސީ ކަޕުގެ މިދިޔަ އަހަރުގެ މުބާރާތުގެ އާސިއާން ރީޖަނުގެ ސެމީ ފައިނަލް ކުޅުނު އަބަހާނީއާ ދެކޮޅަށް މިއަދުގެ މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ މާޒިޔާ އެވެ. ލަނޑުޖަހަން ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ބިދޭސީ ކުޅުންތެރިޔާ ޝަރީފާއި އިބްރާހީމް އައިސަމް އަދި ޕީޓަ ޕެނަނިޗަށް ރަނގަލޫ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް މުޅިން ހުސްކޮށް އަސަދުﷲ އަށް ދެ ތިން ފުރުސަތު އަދި ޝަރީފަށް ފުރުސަތު ލިބިގެންދިޔަ އެވެ.

Leave a comment

Your email address will not be published.