Thu, 2 April, 2020, 1:00 am
އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް. |ފޮޓޯ: އެފްއޭއެމް
ކުލަބުތަކުގެ ފުލް ސަޕޯޓާއެކު އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ކުރިމަތިލައްވައިފި

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ފުލް ސަޕޯޓާއެކު އެފްއޭއެމުގެ ރައީސް ކަމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.

ފީފާ އާއި އޭއެފްސީގެ މެންދޫބުންގެ ހާޒިރުގައި އިންތިހާބުގެ ކަންކަން ބަލަހައްޓަވާ ކޮމިޓީން ބައްސާމްގެ ކެނޑިޑެސީ އިއުލާނުކުރެއްވީ މިއަދު އެވެ. އަންނަ މަހުގެ 20ގައި ބާއްވާ އިންތިހާބަށް ކުރިމަތިލެއްވީ ބައްސާމް އެކަންޏެވެ.

އޭނާގެ ސީނިއާ ނައިބް ރައީސެއްގެ ގޮތުން ހުންނަވާނީ ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރެވެ. ނައިބް ރައީސެއްގެ ގޮތުގައި ހުންނަނަވާނީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

އެކްސްކޯގައި ދެން ތިއްބަވަނީ މަރިޔަމް ޝާނީޒް އާއި އީގަލްސްގެ މުފާވިޒް ހާޝިމް އެފްއޭއެމުގެ މިހާރުގެ ސީނިއާ ނާއިބް ރައީސް އަހުމަދު ޝަކީބާއި  މުހައްމަދު ޝިފާއު، އަހުމަދު ރަޝީދު އަދި މުއާވިއަތް އަލީ އެވެ.

ބައްސާމަށް ތާއިދު ކުރައްވާނެކަން އިއުލާނުކޮށްފައިވާ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަކީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް އަދި ޓީސީ އާއި ދަގްރާންޑޭ އާއި ގްރީން ސްޓްރީޓްސް އެވެ.

Leave a comment

Your email address will not be published.