Thu, 28 May, 2020, 12:45 pm
ޑެލެ އަލީއަށް ވަޅިން ބިރު ދައްކައި، އޭނާގެ ގެއިން ވައްކަންކޮށްފި
4

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑެލެ އަލީއަށް ވަޅިން ބިރު ދައްކައި، އޭނާގެ ގެއިން ވައްކަން ކޮށްފިއެވެ.

ލޮކްޑައުންގައި އަލީ އާއި އޭނާގެ ބޭބެ އަދި ދެމީހުންގެ ދެ ލޯބިވެރިން އުޅެމުން އަންނަ ނޯތް ލަންޑަންގެ ގެއަށް ދެ ވަގުން ވަދެ ވައްކަންކުރީ އިއްޔެ ދަންވަރެވެ.

ވައްކަން ކުރަން ވަތް މީހުން ވަނީ އަލީއަށާއި އޭނާގެ ބޭބެއަށް ބިރު ދައްކައި، ދެމީހުންގެ މޫނަށް ހަމަލާދީފައެވެ. ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑެލެ އަލީ ބުނީ އެގެއިން ވަގަށް ނަގާފައިވަނީ ބައެއް ގަހަނާއާއި ގަޑިތަކެއް ކަމަށެވެ. އަދި އެ ވައްކަމުގެ ސީސީޓީވީ ފުޓޭޖް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މެޓްރޮޕޮލިޓަން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި ތަހުގީގު ކުރިއަށްދާ ކަމަށެވެ.

Leave a comment

Your email address will not be published.