ފިޒިއޯތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީީ

ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޯތެރަޕިސްޓަކު ހިދުމަތް ހޯދަން އައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޯތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ރިޕޯޓްކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ، އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އޭނާއާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުޅުމާލޭ ބީޗްގައި ކެފޭތައް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެރޭ/ރެސްޓޯރަންޓު މިހާރު ހިންގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

އޭސީސީން މިއަދު ބުނީ، ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެރޭ/ރެސްޓޯރަންޓު މިހާރު ހިންގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގާފައިވާނެ އެވެ.

 އެޗްޑީސީން ކުރިން ވަނީ އެ ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓު ހިންގާ މީހުން އެ ތަންތަން ނަގަން ނޯޓިސްދީ، ފަހުން އެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް އެ މީހުންނަށް ވަނީ ވަގުތީ ހުއްދައެއް ދީފަ އެވެ. އަދި އެ ހުއްދަ ދިނީ އެޗްޑީސީގެ އެންގުމާ އެއްގޮތަށް އެތަން ހުސްކުރި ފަރާތްތަކަށް ނަމަވެސް އެންގުމާ ހިލާފުވި ފަރާތްތަކަށް ވަކި ފިޔަވަޅެއް ނާޅައެވެ.

އެގޮތުން އޭސީސީން ބުނީ، އެޗްޑީސީން ވަގުތީ ހުއްދަ ދިން އުސޫލަށް އަދިވެސް ބައެއް ފަރާތްތަކުން އަމަލު ނުކުރާ ކަމަށާއި އެ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޗްޑީސީންވެސް އަޅާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ބައެއް ކެފޭ/ރެސްޓޯރަންޓު ކުރިމަތީ ހުސްބިން، އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން ނަފާ ހޯދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޭސީސީން ވަނީ  އެޗްޑީސީ އަށް އަންގާފައި އެވެ.

އޭސީސީން ބުނީ، ހުޅުމާލޭގެ ބީޗް ސަރަހައްދު ވިޔަފާރީގެ ބޭނުމަށް ދޫކުރާ ނަމަ، އާންމުންނަށް ވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް އެ އުސޫލެއް ކަނޑައެޅުމަށް އެޗްޑީސީއަށް އަންގައިފަ އެވެ.

ހުޅުމާލޭގައި ގޮއްވާލީ ފުޅިއެއް، މައްސަލަ ބަލަނީ

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވުނީ ފުޅިއެއް ގޮއްވާލައިގެން ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، ހުޅުމާލެ 16 ނަންބަރު ފުލެޓް ކައިރީގައި އެއްޗެހި ގޮވިކަހަލަ ބާރުގަދަ އަޑެއް ވިނުނު ކަމަށް ބުނެ އާންމުންގެ ފަރާތަކުން ރޭ 10:10 ހާއިރު މައުލޫމާތު ހުށަހެޅި ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ބެލި ބެލުމުން 16 ނަންބަރު ފުލެޓާއި 18 ނަންބަރު ފުލެޓާ ދޭތެރޭގައި ސާފް ލިކުއިޑް އަޅައިގެން ފުޅިއެއް ފުޅިއެއް ގޮއްވާލާފައި އޮއްކަން އެނގުނު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށެވެ.

ޔުުކްްރެެއިިންް މީހާގެ ހަށިގަނޑު މިިއަަދުު ގައުމަށް ގެންދަނީ

ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު، ހުޅުމާލޭގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު މިއަދު ގައުމަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އާއިލާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އާއިލާއާ އެކު ހަށިގަނޑު ރާއްޖެއިން ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންހެން މީހާ މަރުވީ، ޑްރައިވަރަށް ނިދިގެން ބަސް ދުއްވަމުން ދަނިކޮށް އަންހެން މީހާގެ ގައިގައި ޖެހި، އޭނާ ބަސް ދަށުވެގެން އެވެ.

ޔޫކުރެއިންގެ އެ އަންހެން މީހާގެ މަރުވުމުން އޭނާގެ އާއިލާއިން ރާއްޖެއައިސް ހުރި ހުރުމާއި، އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިޔުމަށް އާއިލާގެ މީހުން ނިންމަން ޖެހޭ ރަސްމީ އެކި ކަންކަން ނިންމުމުގެ އިތުރުން އެމީހުންގެ ދަތުރުގެ ހުރިހާ ހަރަދުތަކެއް ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.

ބަސް ޑްރައިވަރަށް ނިދިގެން މިމަހު ދެ އެކްސިޑެންޓު ވުމާއި ގުޅިގެން އެމްޓީސީސީއަށް މީހުންކުރާ އިތުބާރު ގެއްލި، ގިނަ ފާޑުކިިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފަ އެވެ.

ޑްރައިވަރަށް ނިދިގެން އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިގެން މިއަދުވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު 2:30 ގައި ހުޅުމާލެ ނިރޮޅުމަގުގައި ވަޅޯމަސް ކެފޭ ކުރިމަތީ ގައި ކަމަށެވެ. އެގޮތުން އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ޑްރައިވަރަށް ނިދިގެން، ކާރެއްގައި ޖެހި ކަމަށެވެ. އަދި ޖާރަށް ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ކާރަށާއި ބަހަށް ވަނީ ގެންލުންވެފަ އެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުވެސް ހުޅުމާލޭ އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިޖެހުމުގެ ސަބަބުން، ޔޫކްރެއިންގެ އަންހެނެއްގެ ގައިގައި ޖެހި، އޭނާ ވަނީ މަރުވެފަ އެވެ.

ހުޅުމާލޭގައި ބަހެއްގެ ދަށުވެ އަންހެނަކު މަރުވެއްޖެ

ހުޅުމާލޭގައި މިއަދު ހެނދުނު ދުއްވި ބަހެއްގައި ދަށުވެ، މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓް އަންހެނެއް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށެވެ. އަދި ހާދިސާ ހިނގީ ހުޅުމާލެ ފިތުރޯން މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި، އެތަނުން ހިނގާފައި ދިޔަ ޔޫކްރެއިން އަންހެނެއްގެ ގައިގާ ޖެހި އެމީހާ އޭގެ ބަހުގެ ދަށުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ބަހުގެ ޑްރައިވަރަަށް ނިދި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެކްސިޑެންޓް ހިނގި އިރު ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ، މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން މިހާރު ވަނީ ބަސް ދުއްވި ދިވެހި ޑްރައިވަރު ހައްޔަރުކޮށް، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބަނގުރާ ދަޅުތަކެއް ހިފައިގެން ދަނިކޮށް ހުއްޓުވުމުން ފުލުހަކަށް ހަމަލާދީފި

ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު ދެ މީހަކު ހުއްޓުވަން މަސައްކަތްކުރުމުން ފުލުހަކަށް ހަމަލާދީފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން އަތުލައިގަތީ ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:50 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އޮޕަރޭޝަންގައި ހައްޔަރުކުރި އުމުރުން 23 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނަކީ ޑިންގީއަކުން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާއި ހަވާލުވުމަށް އެ ސަރަހައްދަށް ގޮސް ތިބި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާން އުޅުމުން އެ ދެމީހުން ހުއްޓުވައި އެ ކޮތަޅު ބަލައި ފާސްކުރިއިރު ބަނގުރާ ދެ ކޭސް ފެނިފައިވާ ކަމަށާއި ދެ ކޭހުގައި ޖުމްލަ 48 ދަޅު ހުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، ދެ މީހުން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް އެތަނުން އެކަކު ހަމަލާވެސް ދިން ކަމަށެވެ. ނަމަވެސް ހަމަލާގެ ސަބަބުން ފުލުސް މީހާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބުނުކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާއިރު މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.