މިދިޔަ ހަފްތާ 814 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހައިފަ: ފުލުހުން

މިދިޔަ ހަފްތާ ހިންގި އޮޕަރޭޝަންތަކުގައި ޓްރެފިކް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 814 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފައި ކަމަށް ފުލުހުން ބުންޏެވެ.

 ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް ޑިޕާޓްމެންޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފްތާވަނީ މާލޭގައި ޓްރެފިކް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 814 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި 54 އެކްސިޑެންޓް ހިނގާފައި، 20 މީހަކަށް އަނިޔާވެފައިވާއިރު އެ އެކްސިޑެންޓުތަކާ ގުޅިގެން 12 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި މާލޭ ސަރަހައްދުގައި ދުއްވި 502 ވެހިކަލެއް ފުލުހުން ޗެކްކޮށްފައިވާއިރު، ލައިސެންސް ކާޑުނެތި އުޅަނދު ދުއްވި 47 ފަރާތަކާއި، ލައިސަންސް ނޯންނަ 89 މީހަކެއްގެ އިތުރުން ސްޕީޑްލިމިޓަށްވުރެ ބާރަށް ދުއްވި 13 އުޅަނދެއް ފާހަގަވެފައިވެ އެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ 2 ކުއްޖަކުވެސް ހިމެނެއެވެ..

އަދި ޓޯ ކޮށްފައިވަނީ 16 ސައިކަލަކާއި ހަތަރު ފުރޮޅުލީ 12 ވެހިކަލެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ލަ

އޭގެ އިތުރުން ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ނިމިދިޔަ ހަފްތާގައި ގަވައިދާ ހިލާފަށް ޓެކްސީ ކުރާ ހަތަރު އުޅަނދަކާއި ލައިސަންސް ހަލާކުވެ ނުވަތަ ދުވަސްހަމަ ވެފައިވާ ހަތް މީހަކު ހިމެނޭއިރު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރި އަށް މީހަކުވެސް ހިފަހައްޓާފައިވާ ކަމަށެވެ.

ޔުކްރެއިން މީހާ މަރުވި އެކްސިޑެންޓުގައި ބަސް ދުއްވި ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލޭގައި ދުއްވި ބަހެއް ދަށުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، ޔުކްރެއިން އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ބަސް ދުއްވަން އިން ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިމަހުގެ ހަ ވަނަ ދުވަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި މަރުވީ ހެނދުނު ޖޮގިންއަށް ނުކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގާ ބަސް ޖެހުނީ، ބަސް ދުއްވަން އިން ޑްރައިވަރު ނިދިޖެހި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވުނު ވަގުތު ކޮންޓްރޯލުން ނެއްޓިގެން ގޮސްގެންނެވެ.

އެ މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ފަހަރު އިތުރުކުރިއެވެ. އެއީ ފުރަތަމަ ފަހަރު ތިން ދުވަހަށް އަދި ދެވަނަ ފަހަރު ހަތް ދުވަހަށެވެ.

ފުލުހުން ބުނީ، އެމްޓީސީސީ ބަސް ދުއްވަން އިން މީހާ ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.

ބަސް ޑްރައިވަރުގެ އިހުމާލުން ހިނގި އެ އެކްސިޑެންޓުގައި ޑްރައިވަރު ދޫކޮށްލާފައިވާއިރު، މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކުރުމަށްފަހު މިހާރު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

އައްޑޫގައި ރޭ އެކްސިޑެންޓުވި އެކަކަށްް އައިސީޔޫގައި ފަރުވާދެނީ

އައްޑޫ ސިޓީގައި ރޭ ކާރަކާ ސައިކަލެއް އެކްސިޑެންޓުވި، އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން އުމުރުން 25 އަހަރުގެ މީހާއަށް ކަމަށެވެ. އަދި ކާރު ދުއްވަން އިން އުމުރުން 29 އަހަރުގެ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާއަށް މިހާރު ހިތަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާއިރު އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިޔުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެކްސިޑެންޓުގައި އޭނާގެ ވާތު ފައި ބިނދި، ބޯ ވަނީ ފަޅައިގެން ގޮސްފައިވާއިރު އޭގެ އިތުރުންވެސް އެހެން އަނިޔާތަކެއް ލިބިފައިވާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 2:42 ހާއިރު ކަމަށާއި ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށެވެ.

ތިމަރަފުށީގައި އެކްސިޑެންޓުވެ، އަނިޔާވި މީހާ ލަންކާ ގައި މަރުވެއްޖެ

ތ. ތިމަރަފުށީގައި އެކްސިޑެންޓުވި އަންހެން މީހާއަށް ސްރީ ލަންކާގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ތިމަރަފުށީގަ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުލޭޚާ ރޭ ދަންވަރު 1:20 ގައި މަރުވެފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކްސިޑެންޓުވެ އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއްވިއިރު، އެކްސިޑެންޓާ ގުޅިގެން އޭނާ ވަނީ ސިކުނޑީގެ ތިން އޮޕަރޭޝަނެއް ކޮށްފައެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަން އޭޑީކޭ ހޮސްޕިޓަލުން ކުރުމަށްފަހު ދެ އޮޕަރޭޝަން ކުރީ ލަންކާގަ އެވެ. އަދި ލަންކާގައި ފަރުވާދެމުން އައި ނަމަވެސް އެކްސިޑެންޓަށް ފަހު ޒުލޭހާ އޮތީ ކޯމާއެއްގަ އެވެ.

ފުލުހުން ބުނީ، ވޭން ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ދެ އަހަރުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފައި ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ތ. އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށް، މި މައްސަލައިގައި ދައުވާކުރުމުގެ ބައި ކުރިޔަށް ދާ ކަމަށް ފުލުހުން ބުނެއެވެ.

ދާދި ފަހުން ހުޅުމާލޭގައިވެސް ވަނީ ޑްރައިވަރުގެ އިހުމާލުން، އެމްޓީސީސީ ބަހެއްގެ ދަށުވެ ޔޫކްރެއިންގެ އަންހެނެއް މަރުވެފައެވެ.

ހައިވޭގައި މަޑުކޮށްފައި އޮތް ކާރެއްގައި، ފުލުހެއްގެ ސައިކަލުން ޖެހިއްޖެ

ފުރޮޅުފަޅައިގެން ގޮސްގެން، ބުރިޖު ހައިވޭގެ އެއް ފަރާތެއްގައި މަޑުކޮށްގެން އޮތް ކާރެއްގައި ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ މެންދުރު 3:05 އެހާކަން ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހައިވޭގެ އެއް ފަރާތުގައި މަޑުކޮށްގެން އޮތް ކާރުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ފުލުސް މީހާ ދުއްވާފައި ދިޔަ ސައިކަލު ކާރުގައި ޖެހުމުން ވިއްސައިގެން ގޮސް އޭނާގެ ބޯ ވަނީ ކާރުގެ ފަހަތު ސީޓު ބިއްލޫރިގަނޑަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތާއި އަނގައިިން ލޭ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ވުމުގެ ސަބަބުން ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

ފުލުހުންް ބުނީ، ކާރުގެ ޑްރަވައިރާއި ސައިކަލް ދުއްވަން އިން ފުލުސް މީހާގެ އަތުގައި ވެސް ލައިސެންސް އޮންނަ ކަމަށެވެ.

މި ފަހުން ގިނަ އެކްސިޑެންޓްތައް މާލޭގައި ހިނގާފައިވާ އިރު، މިދިޔަ ހަފްތާ އެކަނިވެސް މާލޭގައި 56 އެކްސިޑެންޓް ހިނގާ، 11 މީހަކަށް ވަނީ އަނިޔާ ލިބިފައި ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.

ޔުުކްްރެެއިިންް މީހާގެ ހަށިގަނޑު މިިއަަދުު ގައުމަށް ގެންދަނީ

ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު، ހުޅުމާލޭގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު މިއަދު ގައުމަށް ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އާއިލާގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އާއިލާއާ އެކު ހަށިގަނޑު ރާއްޖެއިން ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންހެން މީހާ މަރުވީ، ޑްރައިވަރަށް ނިދިގެން ބަސް ދުއްވަމުން ދަނިކޮށް އަންހެން މީހާގެ ގައިގައި ޖެހި، އޭނާ ބަސް ދަށުވެގެން އެވެ.

ޔޫކުރެއިންގެ އެ އަންހެން މީހާގެ މަރުވުމުން އޭނާގެ އާއިލާއިން ރާއްޖެއައިސް ހުރި ހުރުމާއި، އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިޔުމަށް އާއިލާގެ މީހުން ނިންމަން ޖެހޭ ރަސްމީ އެކި ކަންކަން ނިންމުމުގެ އިތުރުން އެމީހުންގެ ދަތުރުގެ ހުރިހާ ހަރަދުތަކެއް ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.

ބަސް ޑްރައިވަރަށް ނިދިގެން މިމަހު ދެ އެކްސިޑެންޓު ވުމާއި ގުޅިގެން އެމްޓީސީސީއަށް މީހުންކުރާ އިތުބާރު ގެއްލި، ގިނަ ފާޑުކިިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެމްޓީސީސީގެ އިސްނެގުމުގެ މަތިން ފުލުހުންނާއި ގުޅިގެން އެ ކުންފުނީގެ ބަސް ޑްރައިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފަ އެވެ.

ކާރެއް ކޮންޓްރޯލުން ނެއްޓި ގަސްތަކެއްގެ ތެރެއަށް ވަދެއްޖެ

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލު ނުކުރެވި، ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުންތަކެއްވެެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ހުޅުމާލޭގައި ރީތިގަސްމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެ، ގަސްތަކުގެ ތެރެއަށް ވަދެ ކާރަށް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ކާރުގެ ކުރީ ބަފަރު ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ހިދާސާ ހިނގި އިރު ކާރު ދުއްވަން އިނީ ޑްރައިވަރު އެކަނި ކަމަށާއި ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި މިމަހު އެކަނިވެސް ބޮޑެތި އެކްސިޓެންޓްތަކެއް ވަނީ ހިނގާފަ އެވެ.

ޑްރައިވަރަށް ނިދިގެން އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިގެން މިއަދުވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރު 2:30 ގައި ހުޅުމާލެ ނިރޮޅުމަގުގައި ވަޅޯމަސް ކެފޭ ކުރިމަތީ ގައި ކަމަށެވެ. އެގޮތުން އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ޑްރައިވަރަށް ނިދިގެން، ކާރެއްގައި ޖެހި ކަމަށެވެ. އަދި ޖާރަށް ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ކާރަށާއި ބަހަށް ވަނީ ގެންލުންވެފަ އެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުވެސް ހުޅުމާލޭ އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިޖެހުމުގެ ސަބަބުން، ޔޫކްރެއިންގެ އަންހެނެއްގެ ގައިގައި ޖެހި، އޭނާ ވަނީ މަރުވެފަ އެވެ.

ހުޅުމާލޭގައި ބަހެއްގެ ދަށުވެ އަންހެނަކު މަރުވެއްޖެ

ހުޅުމާލޭގައި މިއަދު ހެނދުނު ދުއްވި ބަހެއްގައި ދަށުވެ، މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓް އަންހެނެއް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށެވެ. އަދި ހާދިސާ ހިނގީ ހުޅުމާލެ ފިތުރޯން މަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގައި، އެތަނުން ހިނގާފައި ދިޔަ ޔޫކްރެއިން އަންހެނެއްގެ ގައިގާ ޖެހި އެމީހާ އޭގެ ބަހުގެ ދަށުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ބަހުގެ ޑްރައިވަރަަށް ނިދި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެކްސިޑެންޓް ހިނގި އިރު ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ، މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން މިހާރު ވަނީ ބަސް ދުއްވި ދިވެހި ޑްރައިވަރު ހައްޔަރުކޮށް، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާ އެކަނިވެސް ޕާކިން ގަވައިދާ ހިލާފުވި 889 ވެހިކަލް، 67 އެކްސިޑެންޓް!

މިދިޔަ ހަފްތާގައި އެކަނިވެސް، ނުގަވައިދުން ޕާކުކޮށްފައިވާ 889 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އިއްޔެ އާއްމުކޮށްފައި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 އިން މިމަހު ތިނަކަށް 889 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި މާލޭގައި 67 އެކްސިޑެންޓް ހިނގި އެވެ. އަދި އޭގެ ތެރެއިން އަނިޔާވެފައި ވަނީ 16 އެކްސިޑެންޓެއްގައި އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި 306 އުޅަނދު ބަލާ ފާސްކޮށް، ލައިސެންސް ނެތް 83 މީހުން ވަނި ހިފަހައްޓާފައި ކަމަށާއި ލައިސަންސް ކާޑު އަތުގައި ނެތި ދުއްވައިގެން 40 މީހަކު ހިފަހައްޓާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރުން ފާސް ހިސާބު ތަކުން ދައްކާގޮތުގައި، ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 41 މައްސަލައަކާއި 18 އަހަރު ނުފުރޭ ކުދިން އެއްގައު އުޅަނދު ދުއްވި ދެ މައްސަލައެއް ފާހަގަކޮށްފައިވެއެވެ. އަދި ހަތަރު ފުރޮޅު ލީ ހަތަރު އުނޅަދަކާއި 21 ސައިކަލެއް ޓޯ ކުރެވިފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.