މޫނުބުރުގާ އަޅައިގެން ވައްކަންކުރި ދެ އަންހެނުން ކޯޓުން ދޫކޮށްލައިފި

މޫނު ބުރުގާ އަޅައިގެން ތިބެ ފިހާރައަކުން ވައްކަންކޮށްގެން ހައްޔަރުގައި ތިބި ދެ އަންހެނުން ކްރިމިިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

އެ ދެ އަންހެނުން ވައްކަން ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:10 ހާއިރު މަޖީދީމަގުގައި ހުންނަ ގަލޮޅު ރެޑްވޭވް ފިހާރައިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ އަންހެނުންގެ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ބަންދާމެދު ގޮތެއް ނިންމުމަށް ކަމަށެވެ. އަދި އެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނަ ކަމަށް ނިންމާ ކޯޓުން އެ ދެމީހުން ދޫކޮށްލައިފައިވާ ފުލުހުން ކަމަށެވެ.

އެ ފިހާރައިން ވައްކަންކުރި ތަކެތި މިހާރު އެ ފިހާރައާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ސްލިން ބޮޑީ ލޯޝަން، ހިމާލިޔާ ބްރޭންޑްގެ ފޭސްވޮޝް، ޑޯވް ޝޭމްޕޫ، ލައިފް ބޯއީ ޝަވަޖެލް، ދެ ބްރޭންޑެއްގެ ކޮލްގެޓްގެ ފުޅިީގެ އިތުރުން ރޯލޯން ހިމެނެއެވެ.

ދެމަފިރިން ކުރި ވައްކަން ފަޅާއެރުމުން ވަގަށް ނެގި ވޮލެޓް ފުލުހުންނާ ހަވާލުކޮށްފި

ފިހާރައެއްގެ ކައުންޓަރު މަތީގައި މީހަކަށް ހަނދާންނެތިގެން ބޭއްވުނު ވޮލެޓެއްގައި ހުރި ފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރުމަށްފަހު، އެ ވޮލެޓް ވަގަށް ނެގި ދެމަފިރިންގެ މައްސަލަ ފަޅާއެރުމުން، ވަގަށް ނެގި ވޮލެޓް ފުލުހުންނާ ހަވާލުކޮށްފި އެވެ.

މެދު އުމުރުގެ އެ ދެމަފިރިން ކުރި ވައްކަން ފަޅާއެރީ އެ ވައްކަމުގެ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވުމުން ނެވެ.

އެ ވީޑިއޯއިން ފެންނަނީ، ފިހާރައަކަށް އެއްޗެއް ގަންނަންދިޔަ މީހަކު، ހަނދާން ނެތިގެން ފިހާރައިގެ ކައުންޓަރު މަތީގައި ވޮލެޓް ބާއްވާފައިދިއުމުން، އެތަނަށް ފަހުން އައި ދެމަފިރިއަކު ވޮލެޓުގައި ހުރި ފައިސާއިން ވިޔަފާރިކޮށް އެ ވޮލެޓު ހިފައިގެން ދާ މަންޒަރެވެ.

ފުލުހުން މިއަދު ބުނީ، ދެމަފިރިން ވެގެން ވަގަށް ނެގި ވޮލެޓް އިއްޔެެގެ ވަގުތެއްގައި އެ ދެމީހުން އަމިއްލައަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ވޮލެޓުގައި ފައިސާ ހުރި ކަމެއް އަދި އެ ދެމީހުން ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ. ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދަތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

ލަންދޫ ދެ ގެއަކުން ގިިނަަ އަަދަަދެެއްްގެެ ވަކިލާރި ވަގަށް ނަގައިފި

ނ. ލަންދޫގެ ދެ ގެއަކުން 3500 ރުފިޔާގެ ވަކި ލާރި ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ، ލަންދޫގެ ދެ ގެއަކުން ވަކި ލާރިތަކެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއް ގެއިން ގެއްލިފައިވަނީ 3000 އެއްހާ ވަކިލާރި ކަމަށާއި ދެވަނަ ގެއިން ގެއްލުނު ކަމަށް ލަފާކުރެވެނީ 500 ރުފިޔާގެ ވަކިލާރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕްރޭޝަނެއްގައި ދެ ގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކިލާރިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި ފެނިފައިވާ ކަމަށެވެ.

ވަކިލާރިތައް ފެނުނީ އެރަށުގެ އިރުމަތީކޮޅު ކުނިގޮނޑު ސަރަހައްދުންނެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން ފެނިފައިވަނީ 1287.89 ރުފިޔާ އާއި 41 އިންޑިއަން ރުޕީސް ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަސް: ވައްކަމުގެ ބޮޑު މައްސަލައެއް!

ކާބޯތަކެތި ސަޕްލައިކުރާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ފުޑް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް (ފުޑް ސަޕްލައި)ގެ އޮފީހުގައި ހުރި ތިޖޫރި ފަޅާލައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، ލޮނުޒިޔާރަތް މަގުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލިކަމުގެ ރިޕޯޓެއް ލިބުނީ މިއަދު ހެނދުނު 8:42 ގައި ކަަމަށެވެ.

އޮފީހުގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ހިންގި އެ ވައްކަމުގައި އެތަނުގެ ތިޖޫރިއާއި އޮފީހުގައި ހުރި ވަތްގަނޑުތައް ހިމެނޭގޮތުން 234،923 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.