.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ސާކްގެ، ޗެމްބަރ ވުމެންސް އެންޓަރޕްރިނިއާސް އިން ހޮވާ މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ ނުފުޒުގަދަ ކާމިޔާބު އަންހެން ވިޔަފާރިވެރިޔަކަށް ސުއިޒާ އިބްރާހިމް ހޮވައިފިއެވެ.

ސްރީލަންކާގައި ބޭއްވި ސާކް މިއުޒިކަލް ކަލްޗަރ އެންޑް ކަލިނަރީ ހަފްލާގައި ސާކުގެ އެކި ޤައުމުތަކުން 2018 ވަނަ އަހަރު ވިޔަފާރިގެ ދާއިރާއިން ކާމިޔާބިތައް ހޯދި ބޭފުޅުން ފާހަގަކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާއިރު ފާއިތުވި އަހަރު ރާއްޖެއިން އެންމެ ކާމިޔާބު ވިޔަފާރިވެރިޔަކަށް ހޮވިފައިވަނި ސުއިޒާ އިބްރާހިމެވެ.

2016 ވަނަ އަހަރު ވިމެން އޮން ބޯޑުން ދިން އަންހެން ލީޑަރުންގެ އެވޯޑުވެސް ހާސިލްކޮށްފައިވާ ސުއިޒާ އިބްރާހީމަކީ ރާއްޖޭގެ މަޝްހޫރު ބިއުޓީ ސެލޫނެއްކަމަށްވާ ސުއި ސެލޫނުގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރެވެ.

ސާކްގެ ޤައުމުތައް ހިމަނައިގެން ކުރިއަށްގެދިޔަ މި ހަފްލާއަކީ ސާކްގެ، ޗެމްބަރ ވުމެންސް އެންޓަރޕްރިނިއާސް ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަފްލާއެވެ. މި ހަފްލާގައި ސާކްގެ އެކި ޤައުމުތަކުން ފާހަގަކޮށްލެވޭ އަންހެން ލިޑަރުންނަށް ވަނީ އެވޯޑު ދީފައެވެ.

haftha.mv 2004 ©