މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ މައުލޫމާތު އެއްކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ސާވޭއެއް ކުރަން ނިންމައިފިއެވެ.

”މާކެޓް ސާވޭ“ގެ ނަމުގައި އެ ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

ވެމްކޯއިން ބުނީ، އެ ސާވޭގެ މަގްސަދަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރާ މޭލޭގެ ގޭބިސީތަކާއި ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ އެފަދަ ފަރާތްތަކުގެ އިތުރުން އަލަށް އުފެދުނު ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު އެއްކުރުން ކަމަށެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުތައް ބަހާލެވިގެން ކުރިއަށް ގެންދާ އެ ސާވޭގެ ދަށުން ފުރަތަމަ ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަހައްދުގެ ގޭބިސީތަކާއި ވިޔަފާރިތަކެވެ.

ވެމްކޯއިން ބުނީ، އެ ސާވޭގައި ބައިވެރިވާ އެ ކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކު ވެސް ސާވޭގެ ބައިވެރިއެއްކަން އަންގައިދޭ ހާއްސަ ކާޑެއް އަޅާފައިވާނެ ކަމަށެވެ.އަދި ސާވޭއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ ޓުވިޓާ އަދި ފޭސްބުކް ހިއްސާކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

haftha.mv 2004 ©