މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޓީސީސީގެ ބަސް އަދި ފެރީ ދަތުރުތައް ހިލޭ ކުރެވުމުގެ ހިދުމަތް އެކުންފުނިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނިން އެގޮތަށް ހަމަޖެއްސީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައު ތެރޭގައި ބާރުވެރިކޮށް، އެފަރާތްތަކަށް ލިބޭ ހިދުމަތްތައް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުން، އެ އޭޖެންސީން ފޯރުކޮށްދޭ ހާއްސަ ކާޑު ދެއްކުމުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

”އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސްއެބިލިޓީ ހުންނަ ފަރާތްތަކަށް އަރައި ފޭބުމަށް ފަސޭހަވާނެ ފަދަ ގޮތަކަށް،“ އެމްޓީސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޓީސީސީ އަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަށް މުޖުތަމައުތެރޭގައި ފުރުސަތުތައް ފަހިކޮށް ދިނުމަށް ބޮޑު އިސްކަމެއްދޭ ކުންފުންޏެކެވެ.

ހުޅުމާލޭގެ އެތެރޭގައާއި ހުޅުމާލެއާ ހުޅުލެއާ ދެމެދު ބަހުގެ ހިދުމަތް ދެމުން ގެންދާ އެމްޓީސީސީން ދަނީ މާލެއާއި ހުޅުމާލެ އަދި މާލެއާއި ވިލިމާލެއާ ދެމެދު ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން ރާއްޖޭގެ އަތޮޅު ތަކަށް ވެސް އެމްޓީސީސީން ފެރީ ބާއްވައެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©