މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގައުމީ އެއާލައިނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހައި ޓްރެފިކްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ފްލައިޓްތައް ޑިލޭވުން އެކަށީގެންވާ ކަމަށެވެ.

އެއީ މިމަހުގެ ތެރޭގައި ދަރިވަރުންނަށް ލިބުނު މިޑް ޓާމް ޗުއްޓީ ނިންމި އަންނަ ހަފްތާގެ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭނެތީވެ، ގިނަ ބަޔަކު ވައިގެ މަގުން ދަތުރުކުރާނެ ކަމަށް ބެލެވޭތީއެވެ.

މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވުމަކީ މީގެ ކުރިންވެސް އާންމުންގެ ބޮޑު ޝަކުއާއެކެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް ޑިލޭ ވާނެ ކަމަށް ދުރާލާއި އެ އެއާލައިނުން އެންގި ފުރަތަމަ ފަހަރެވެ.

ކުރިއެކޭ ހިލާފަށް ސްކޫލުގެ ކިޔެވުން ބަންދުވާ ކިތަންމެ މަދު ދުވަސްކޮޅަކަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރުން މިހާރު އާންމެވެ. އެގޮތުން މިހާރު އަތޮޅު ތެރެއަށް ދަތުރުކުރުމަށް ވެސް ގިނަ ބަޔަކު އިހްތިޔާރު ކުރަނީ ވެސް ވައިގެ މަގެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©