މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ށ. ފުނަދޫގައި ތަރައްގީ ކުރާ ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ފުނަދޫގެ އުތުރުކޮޅުގެ ހުޅަނގު ފަރާތު ފަޅުތެރެއިން 21 ހެކްޓަރުގެ ބިން ހިއްކީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުން ކޮށްގެންނެވެ. ފުނަދޫގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ހަވާލު ކުރީ ވެސް އެ ކުންފުންޏާއެވެ. އެ މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅެވެ.

އެމްޓީސީސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓުގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭ ނިންމާލެވޭނެ ކަމަށެވެ.

އަދި އެ މަސައްކަތް ނިމުމަށްފަހު ޓެސްޓް ފްލައިޓު ޖައްސައި އެއާޕޯޓް ބޭނުން ކުރެވެން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ށ. އަތޮޅުގައި އެއާޕޯޓެއް ނެތުމުން، އެ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓަކަށް ދިއުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހެއެވެ. އެގޮތުން ލޯންޗެއްގައި ފުނަދޫ އިން ފުރައިގެން ރ. އިފުރު ނުވަތަ ހދ. ހަނިމާދޫ އެއާޕޯޓަށް ދިއުމަށް ގަޑިއިރަކަށް ވުރެ ގިނައިރު ހޭދަކުރަން ޖެހެއެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©