Mon, 25 May, 2020, 11:13 pm
މޯލްޑިވް ގޭހުގެ ލުއިފުޅިއަށް ބަދަލުކޮށްލަން އަގުހެޔޮ، ލުއިފަސޭހަ ފުރުސަތެއް!
48

ކުރިއަށްވުރެ ހެޔޮ އަގެއްގައި ދަގަނޑު ގޭސްފުޅި، ލުއިފުޅިއަށް ބަދަލުކޮށްލުމުގެ ފުރުސަތާއެކު މޯލްޑިވް ގޭހުގެ “ލުއިފަސޭހަ ޕްރޮމޯ” ފަށައިފިއެވެ.

މޯލްޑިވް ގޭހުން ބުނީ، މި ޕްރޮމޯޝަންއަކީ މިހާރު ދަގަނޑުފުޅި ގެންގުޅޭ ކަސްޓަމަރުންނާއި އާ ލުއިފުޅި ސިލިންޑަރެއް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން ރޯދައާ ދިމާކޮށް މިއަދުން ފެށިގެން ހިިންގާ އެ ޕްރޮމޯޝަންގައި 1774 ރުފިޔާއަށް ލިބޭ ލުއި ފުޅިއެއް 1000 ރުފިޔާއަށް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

އެހެންކަމުން ލުއިފުޅީގެ އަގުން 45 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ

އޭގެ އިތުރުން އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މިއަދު ފެށި ލުއިފަސޭހަ ޕްރޮމޯޝަންގެ ތެރޭގައި ގޭސް ފުޅި ނެގުމާއި ޑެލިވަރީ ކުރުމުގެ ހިދުމަތް ހިލޭ ލިބިގެންދާނެއެވެ.

ނޯވޭގެ އުފެއްދުމެއް ކަމަށްވާ ލުއިފުޅި މޯލްޑިވް ގޭހުން ރާއްޖޭގެ ބާޒާރަށް ނެރުނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދަބަރު ނުޖަހާ، ގޭސް ހުރިވަރު ގޭސްފުޅީގެ ބޭރުން އެގެން ހުންނަ ލުއިފުޅިއަކީ ބަރުދަނުގައި އެންމެ 5 ކިލޯ ހުންނަ ގޭސް ސިލިންޑަރެކެވެ.

Leave a comment

Your email address will not be published.