.
09 April 2019
މަޤްބޫލު ޙަބަރު

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ “ބީއެމްއެލް ވާއު ކިޑްސް ރަން”ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަންގެ ނަމުގައި ބާއްވާ މި ދުވުމަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބީއެމްއެލްއިން އިންތިޒާމްކޮށްގެން ބާއްވަމުންދާ ދުވުމެކެވެ.

މި ދުވުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.

މިދުވުމުގައި ބައިވެރިވާ ކުދިންނަށް ބީއެމްއެލްއާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާ ގުޅިގެން ގަނާކުރުން ހުއްޓުވުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ހިންގާ “ބީޓް ބުލީން” ޕްރޮގްރާމަށް ފަންޑްރައިޒްކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ބީއެމްއެލް އިން ގާއިމް ކޮށްފައިވާ ހާއްސަ ވެބްޕޯޓަލް މެދުވެރިކޮށް ފަންޑްރައިޒްކުރެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެ އެވެ. ކޮންމެ ކުއްޖަކަށްވެސް ފަންޑްރައިޒްކުރެވޭނެ އެންމެ މަތީ އަދަދަކީ 2000 ރުފިޔާ އެވެ.

މި އަހަރުގެ ރަންގައި އިތުރު އުމުރުފުރާތަކަކަށް ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. އެގޮތުން 4 އަހަރާއި 6 އަހަރާއި ދެމެދުގެ އުމުރުފުރާ އަށާއި 6 އަހަރާއި 8 އަހަރާއި ދެމެދުގެ އުމުރުފުރާ އަށާއި 8 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާ އަށާއި 10 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް މިއަހަރުގެ ދުވުމުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

ބީއެމްއެލްގެ ކިޑްސް ރަން ބާއްވަން ތައްޔާރުވަމުންދާއިރު ބީއެމްއެލް އިން ދަނީ އިޖުތިމާއި ޒިންމާގެ ދަށުން މިފަދަ ގިނަ ހަރަކާތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު “ބީއެމްއެލް ސްޓާފް ޗެރިޓީ ރަން” ބާއްވައި އެ ހަރަކާތުގެ ތެރެއިން ލިބުނު 80،000 ރުފިޔާ ވަނީ މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©