Thu, 28 May, 2020, 8:46 am
އެމްޓީސީސީން ހއ. އަދި ހދ. އަތޮޅުތެރޭ ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި
10

އެމްޓީސީސީން ފޯރުކޮށްދެމުންދާ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ހއ އަދި ހދ އަތޮޅު ތެރޭގައި ސްޕީޑު ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިއަދު އެ ހިދުމަތް ދޭން ފެށި ނަމަވެސް އެމްޓީސީސީން ބުނާގޮތުން ހިދުމަތްދޭނީ އަޖުމަ ބެލުމުގެ ގޮތުންނެވެ.

އަޖުމަ ބެލުމުގެ މުއްދަތުގައި ސްޕީޑް ފެރީގެ ހިދުމަތުގެ ދަށުން ހއ ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުށި ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރަކަށް ނަގަމުންދާނީ 150 ރުފިޔާ އާއި 250 އާ ދެމެދުގެ އަގުތަކެކެވެ. އަދި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ފެރީގެ ދަތުރުތައް އޮންނާނެއެވެ.

އެމްޓީސީން ބުނީ، އަޖުމަ ބެލުމުގެ މުއްދަތު ނިމުމުން، ދާއިމީ ގޮތެއްގައި ފެރީގެ ދަތުރު ކުރާނެ މަގުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާދެމެދުވެސް ފެރީގެ ހިދުމަތް ދެމުންދާ އެމްޓީސީސީން އަންނަނީ އިތުރު އަތޮޅުތަކެއްގައި ވެސް އެ ކުންފުނީގެ ސްޕީޑް ފެރީގެ ހިދުމަތް ދެމުންނެވެ.

Leave a comment

Your email address will not be published.