ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު

މޯލްޑިވް ގޭސް އަށް ފައިސާ ދައްކަވަން ބީއެމްއެލް މޯބައިލްޕޭ އެޕް ބޭނުންކުރައްވައިގެން 10،000ރ. ލިބޭ ފްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލުން މައުލޫމާތުދޭ ގޮތުގައި ބީއެމްއެލްގެ މޯބައިލްޕޭ އެޕް ބޭނުންކުރައްވައިގެން މޯލްޑިވް ގޭސްފުޅި ބައްލަވައި ގަންނަވާއިރު ފައިސާ ދެއްކެވެމަށް އެޕް ބޭނުންކުރެވުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަސް ނަސީބުވެރި ފަރާތަކަށް 10،000ރ. ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިމަހު 15 އިން 15 ޖޫން ގެ ނިޔަލަށް ބީއެމްއެލްގެ މި ޕްރޮމޯޝަން ކުރިއަށްދާއިރު ރަމަޟާންމަހު ފަސޭހަ ކަމާއިއެކު މޯލްޑިވް ގޭސް ބައްލަވައި ގަތުމަށް މޯބައިލްޕޭ އަށް ލޮގިން ވާށެވެ.

އެޕްއަށް ލޮގިންވުމަށް މޯބައިލްޕޭ އެޕް ގޫގުލް ޕްލޭ ނުވަތަ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލުމަށްފަހު ރަޖިސްޓަރ ކޮށްލުމަށްފަހު ޕާސްވޯޑް ޔަގީން ކޮށްލާށެވެ. އެއަށްފަހު ބޭނުންކުރާ އެކަންޓްގެ ކާޑުގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ކުރިއަށް ދިޔުމުން އެސްއެމްއެސް އެއް ލިބިލެއްވާނެއެވެ. އެސްއެމްއެސް ނުލިބޭނަމަ ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅާ މައުލޫމާތު ސާފުކުރެވޭނެ އެވެ. އަދި އެސްއެމްއެސް ލިބުމުން އޭގައިވާ ކޯޑް ބޭނުންކުރުމަށްފަހު ލޮގިން ވެނުނީ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©