Mon, 1 June, 2020, 4:56 pm
ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާއަށް ކުރާ ފޯން ކޯލްތަކުގެ އަގު ހެޔޮކޮށްފި
3

ލަންކާގައި މިއަދު ހެނދުނު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމަށް ރާއްޖެއިން ކުރާ ފޯން ކޯލްތަކުގެ އަގުތައް ހެޔޮކޮށްފިއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ދިރާގާއި އުރީދޫން ބުނީ، ހަމަލާއާ ގުޅިގެން ލަންކާގައި ތިބި އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ފަސޭހަކަމާއެކު ގުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިރޭ 12 ގެ ނިޔަލަށް ލަންކާއަށް ކުރާ ފޯން ކޯލްތަކަށް ޗާޖުކުރާނީ މިނެޓަކަށް 1 ރުފިޔާގެ ރޭޓުން ކަމަށެވެ.

އެގޮތުން ދިރާގުގެ ކަސްޓަމަރުން، ލަންކާއަށް އަގުހެޔޮކޮށް ފޯން ކޯލް ކުރުމަށް ގުޅާ ފޯން ނަންބަރުގެ ކުރިއަށް 019 ބޭނުންކުރުމަށް ދިރާގުން އެދެއެވެ.

ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން އުރީދޫން ވަނީ ހޮޓްލައިންތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން 94727277072 އާއި 94766942654 އަށް ނުވަތަ 960783400 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާއާ ދިމާކޮށް ލަންކާގެ އެކި ހިސާބުތަކުގައި ހުރި ބައެއް ކްރިސްޓިއަން ފައްޅި ތަކަށާއި ހޮޓާ ތަކަށް ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު އެ ހަމަލާތަކުގައި މިހާތަނަށް 160 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Leave a comment

Your email address will not be published.