• Tue, 7 July, 2020, 11:35 pm

  މިދިޔަ އަހަރު ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މާއިޒް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް، އެ ބޭންކުގެ ޕީޕަލް އެންޑް ޗޭންޖް ޑިވިޝަންގެ މުހައްމަދު މާއިޒް ހޮވިއްޖެއެވެ.

  ބީއެމްއެލްއަށް 15 އަހަރު ހިދުމަތްކޮށްދީފައިވާ މާއިޒްއަކީ ހެޑް އޮފް ކޮމްޕެންސޭޝަން އެންޑް ބެނިފިޓްސްއެވެ.

  ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި ރޭ ބޭއްވި “ބީއެމްއެލް ސްޓާފް އެވޯޑްސް”ގައި މާއިޒްއަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ބީއެމްއެލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

  މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެކި ގޮތްގޮތުން ފާހަގަކުރެވުނު މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.

  އެގޮތުން މިދިޔަ އަހަރުގެ ބެސްޓް ލީޑާރގެ އެވޯޑް އެ ބޭންކުގެ ސެންޓްރަލައިޒްޑް ސާވިސް ޑިިވިޝަންގައި މަސައްކަތްކުރާ މަރިޔަމް ހަމީދަށް ދިންއިރު، ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ދީފައިވަނީ ޕޭމަންޓް އެންޑް ސެޓްލްމަންޓް ޔުނިޓަށާއި ސޯޝަލް މީޑިއާ ޓީމް އަދި ހެޑް އޮފް ލީގަލް އެންޑް ކޯޕްރޭޓް އެފެއާޒް އައިޝަތު ސަމާހަށެވެ.

  އޭގެ އިތުރުން ވެސް މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބީއެމްއެލްއިން ވަނީ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ޔަމަރ ޗެމްޕިއަން، ސާބަސް އެވޯރޑް، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ވެސް ރޭ ދީފައެވެ.

  ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ އެންމެ މުހިންމު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ވެސް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ.

  “އެއީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން،” އޭނާ ވިދާޅުވިއެވެ.

  ބީއެމްއެލް އިން ބުނާގޮތުގައި، އެ ކުންފުނީގެ ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ.

  ބީއެމްއެލްއިން މުވައްޒަފުންގެ އަގު ވަޒަންކުރާއިރު، އެ ބޭންކަކީ މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް “އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ޖެހިޖެހިގެން ދެއަހަރު ހޯދާފައިވާ ބޭންކެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.